މި ސަރުކާރުގެ އެކި މަސައްކަތްތަކާ ގުޅޭގޮތުން އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައީސް އޮފީހުން ކުރިއަށް ގެންދާ "އަހާ" ޕްރޮގްރާމްގެ 5 ވަނަ ޕްރޮގްރާމް މި މަހުގެ 24 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން ބުނީ، މިފަހަރުގެ ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބައިވެރިވާނީ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނާއި، އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާއި، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއާއި، ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހީމްގެ އިތުރުން އެޓާނީ ޖެނަރަލް އަހްމަދު އުޝާމުކަމަށެވެ.

މި ޕްރޮގްރާމަށް އެސްއެމްއެސް މެދުވެރިކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލު ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި ސިލްސިލާގެ 2 ވަނަ ޕްރޮގްރާމްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރައީސް މިހާރު ވަނީ "ރައްޔިތުންނާ އެކު" މި ނަމުގައި ޕޮޑްކާސްޓް ޕްރޮގްރާމެއްވެސް ފައްޓަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން