މިސައިލް ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާކަން އެ ގައުމުގެ އަސްކަރިއްޔާއާ ހަވާލާދީ، އެ ގައުމުގެ ނޫހަކުން ބުނެފިއެވެ.
ތުރުކީގެ ނޫހެއް ކަމަށްވާ އަނަދޯލު އެޖެންސީން އެ ގައުމުގެ ދިފާއީ ވުޒާރާގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ ރާއްޖެއާއި ތުރުކީއާ އެކު ވެފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެއް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.
އެ މަނަވަރަކީ މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ މަނަވަރެއްކަމަށް ވެސް އެ ވުޒާރާއާ ހަވާލާދީ ނޫހުގައި ބުނެފައިވެއެވެ.
އަނަދޯލު އެޖެންސީން ބުނި ގޮތުގައި އެ މަނަވަރު މި މަހު ނުވަތަ ކުރިއަށް އޮތްމަހު ރާއްޖެ ގެންނާނެއެވެ. ނަމަވެސް، މަނަވަރު ރާއްޖެ ގެންނާނީ އިސްތަންބޫލްގައި ހުންނަ އެ ގައުމުގެ ކަނޑުގެ ސިފައިންގެ ބޯޓްޔާޑެއްގައި މަރާމާތު ކުރުމަށްފަހު ކަނޑު މަގުން ޑޮކް ލޭންޑިން ބޯޓެއްގައި ކަމަށް ވެސް ވަނީ ބުނެފައެވެ.
މަނަވަރާ އެކު އެ ގައުމުގެ އަސްކަރީ ޓީމެއް ރާއްޖެއައިސް އެ ބޯޓުގައި ހިމެނޭ މިސައިލް ނިޒާމު އެކްޓިވޭޓްކޮށް އެކަމުގެ ތަމްރީނުތައް ދިވެހި ސިފައިންނަށް ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ގައުމުގެ ދިފާއީ ވުޒާރާއާ ހަވާލާދީ ނޫހުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން މި މަހުގެ 7 ވަނަ ދުވަހު ވަނީ ދިވެހި ސިފައިންނަށް އެކަމުގެ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ތުރުކީގައި ފަށާފައި ކަމަށާއި އެ ތަމްރީނުތައް ނިމޭނީ މެއި މަހުގެ 9 ވަނަ ދުވަހު ކަމަށްވެސް ނޫހުގައި ބުނެފައިވެއެވެ.
މިސައިލް ފޮނުވޭ ގާބިލުކަންހުރި މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމިކަން ހާމަވެފައި މިވަނީ، ރާއްޖެއިން މިސައިލްތަކެއް ގަންނަން އުޅޭކަމުގެ އަޑުތަކެއް މީސްމީޑިއާގައި ފެތުރިފައި ވަނިކޮށެވެ.
ނަމަވެސް، މިކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު