އާމިރް ޚާން އާއި ޖެނީލިއާ ދޭޝްމުކް. ފޮޓޯ: އިންޑިއަން އެކްސްޕްރެސް
އާމިރް ޚާން އާއި ޖެނީލިއާ ދޭޝްމުކް. ފޮޓޯ: އިންޑިއަން އެކްސްޕްރެސް
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު "ސިތާރޭ ޒަމީން ޕަރު" ގެ ވަރަށް ހާއްސަ ލަވައެއްގައި ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރް ޚާން އާއެކު ޖެނީލިއާ ދޭޝްމުކް ފެނިގެންދާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

"ސިތާރޭ ޒަމީން ޕަރު" އެނައުންސް ކުރީއްސުރެން ގިނަ ބަޔަކު ދަނީ މި ފިލްމު ނެރޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ވިސްނުންކޮށި ފިރިހެނުންތަކެއް ކުޅިވަރުގެ ޒަރިއްޔާއިން އެމީހުންގެ ނަފްސު އަލުން ހޯދުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށެވެ.

މި ފިލްމު އެނައުންސު ކުރިނަމަވެސް ފިލްމާ ގުޅޭ މާ ބޮޑު މައުލޫމާތެއް މީޑިއާތަކާ ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ފިލްމުގެ ވަރަށް ހާއްސަ ލަވަ ސީކުއެންސެއް ދާދި ފަހުން މުމްބާއީގެ މެރޮލްގައި ޝޫޓު ކޮށްފައިވާ ކަމަށް މިޑްޑޭއިން ވަނީ ރިޕޯޓު ކޮށްފައެވެ.

މި ލަވައިގައި އާމިރުއާއެކު ޖެނީލިއާ ފެނިގެންދާއިރު، ފިލްމުގެ މުހިންމު ރޯލަކުންވެސް އޭނާ ފެނިގެންދާނެ ކަމަށް ރިޕޯޓުގައި ވެއެވެ. މިއީ ކޮންކަހަލަ ލަވައެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިހާރު މި ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަން މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި މޭއި މަހު ފިލްމު ޕްރޮމޯޓު ކުރުމުގެ މަސައްކަތްތައް ފަށާނެ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން