"ރެއިޑު 2 ގެ ލީޑު ތަރިންނާއި ހާއްސަ ލަވައިން ފެންނަ ތަމައްނާ
"ރެއިޑު 2 ގެ ލީޑު ތަރިންނާއި ހާއްސަ ލަވައިން ފެންނަ ތަމައްނާ
"ރެއިޑު 2" ގެ ފުރަތަމަ ލަވަ ނެރުމާއެކު އެއަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މި ފިލްމުގެ ލީޑުން ފެނިގެންދާނީ އަޖޭ ދޭވްގަން އާއި ރިތޭޝް ދޭޝްމުކް އެވެ. މި ފިލްމުގެ ފުރަތަމަ ލަވަ "ނަޝާ" މިހާރު ނެރެފައިވާއިރު، މި ލަވައިން ފެނިގެންދަނީ ތަމައްނާ ބާޓިއާއެވެ.

ތަމައްނާގެ ޑާންސު ލަވަތަކަށް މިހާރަކަށް އައިސް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. "ސްޓްރީ 2" ގެ އާޖް ކީ ރާތު އަށްފަހު މިހާރު އަނެއްކާވެސް ތަމައްނާ މިވަނީ "ރެއިޑު 2" ގައި އެފަދަ ލަވައެއް ނެރެފައެެވެ. "ނަޝާ" އިންވެސް ތަމައްނާގެ ހުނަރު ވަރަށް ރަނގަޅަށް ސިފަވެގެން ދެއެވެ.

މި ލަވަ ލިޔެފައިވަނީ ލަވަލިޔުންތެރިޔާ ޖާނީއެވެ. އަދި މި ލަވަ ކިޔާފައިވަނީ ޖޭސްމިން ސެންޑްލަސް، ސެޗެޓް ޓެންޑަން، ދިވިޔާ ކުމާރު އަދި ސުމޮންތޯ މުކަރުޖީ ގުޅިގެންނެވެ.

މި ލަވަ ނެރުމާއެކު މިއަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބުފައެވެ. މި ލަވަ ވަރަށް ބޮޑަށް އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި މިހާރު ވަނީ ވައިރަލްވެފައެވެ. އަދި ގިނަ ބަޔަކު ވަނީ ތަމައްނާ އަށް ތައުރީފުކޮށް، އޭނާގެ ހުނަރަށް ސާބަސް ދީފައެވެ.

އަޖޭ އާއި ރިތޭޝްގެ އިތުރުން "ރެއިޑު 2" ގެ ކާސްޓުންގެ ތެރޭގައި ވާނީ ކަޕޫރު، ސޯރަބް ޝުކްލާ، ސުޕްރިޔާ ޕަޓަކް އަދި ރަޖަތު ކަޕޫރު ވެސް ހިމެނެއެވެ. މި ފިލްމު ޑައިރެކްޓު ކުރާނީ ރާޖްކުމާރު ގުޕްތާއެވެ.

"ރެއިޑު 2" ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރު މެއި 1 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން