ޖާންވީ ކަޕޫރު އަދި އަނަންޔާ ބިރްލާ،
ޖާންވީ ކަޕޫރު އަދި އަނަންޔާ ބިރްލާ،
ބޮލީވުޑްގެ މަޝްހޫރު ތަރި ޖާންވީ ކަޕޫރުގެ އުފަންދުވަހުގެ ހަދިޔާއަކަށް އޭނާގެ "ބެސްޓް ފްރެންޑު" އަނަންނިޔާ ބިރްލާ ދިނީ އަގުބޮޑު ލެމްބޯގިނީ ކާރެއް ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ޖާންވީގެ އެންމެ ގާތް އެކުވެރިޔާ އަނަންނިޔާ އަކީ ވިޔަފާރިވެރިއެކެވެ. އޭނާ ޖާންވީގެ އުފަންދުވަހުގައި ހަދިޔާ ކޮށްފައިވަނީ ވައިލެޓު ކުލައިގެ ލަމްބޯގިނީ ހުރަކަން އިވޯ ސްޕައިޑާ ކާރެކެވެ. މި ކާރުގެ އަގު އުޅެނީ ގާތްގަނޑަަކަށް 4.99 ކަރޯޑް ރުޕީސް ގައެވެ.

ރިޕޯޓުތައް ބުނާގޮތުން މި ކާރުގެ ޕެސެންޖަރ ކޮމްޕާޓްމެންޓުގައި 8.4 އިންޗީގެ ޓަޗްސްްކްރީން ސިސްޓަމެއް ގާއިމުކޮށްފައި ވެއެވެ. ކާރާއި، ކާރުގެ ހުރިހާ މުނިފޫހިފިލުވުމާ ގުޅޭ މަސައްކަތެއް ކުރިއަށްދާނީ މި ސިސްޓަމްގެ އެހީގައި ކަމަށްވެސް ރިޕޯޓުގައި ވެއެވެ. މީގެ އިތުރުން ކާރުގެ އެތެރެ ޑިޒައިން ކޮށްފައިވަނީ އިޓަލީގެ ޑިޒައިނެއްގެ މައްޗަށް ބިނާކޮށް ކަމަަށްވެސް ރިޕޯޓުގައި ވެއެވެ.

ޖާންވީ ކަޕޫރަކީ އޭނަަގެ ދިރިއުޅުމުގެ ސްޓައިލާއި، ފެޝަން "ސެންސް" ގެ ސަބަބުން ވަރަށް ބޮޑަށް މަގުބޫލުވެފައިވާ ތަރިއެކެވެ. އޭނާގެ ޝާހީ ދިރިއުޅުމުގެ އިތުރުން ދެން އެންމެ ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ އޭނާގެ ކާރު ކަލެކްޝަނެވެ.

ޖާންވީގެ ކަލެކްޝަންގައި ހިމެނޭ ބައެއް ކާރުތަކުގެ ތެރޭގައި ޓޮޔޯޓާ ލެކްސަސް، މާސެޑީސް ޖީއެލްއީ 250 ޑީ، ބީއެމްޑަވްލިއުއެކްސް 5، އަދި ކްލާސް އެސްގެ މާސެޑީޒް ބެންޒެއް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން