ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމުގެ ތަންފީޒުކުރަން ނިންމާފައިވާ "ޖެނެރޭޝަން ބޭން" ނުވަތަ ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ކުރާ އުމުރުފުރާ ކަނޑައެޅުމާމެދު މިއަދު ގޮތެއް ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ޖެނެރޭޝަން ބޭންގެ ސިޔާސަތު ރައީސް މުއިއްޒު އިއުލާންކުރެއްވި އިރު އެމަނިކުފާނު ފަހުން ވިދާޅުވީ އާންމުންނާއި ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ޖެނެރޭޝަން ބޭން ތަންފީޒުކުރާނެ އުމުރު ފަހުން ކަނޑައަޅުއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ވިސްނުން ހުރީ 2000، 2004 ނުވަތަ 2007ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތް މަނާކުރުން ކަމަށެވެ.
ރައީސް އޮފީހުން މިއަދު އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ ޖެނެރޭޝަން ބޭންއާ ގުޅޭ ގޮތުން މިހާރު އާންމުންގެ ހިޔާލާއި އަދި އެކިއެކި ޖަމިއްޔާތަކާއި ޔުނިސެފް އަދި ޑަބްލިއުއެޗްއޯގައިވެސް އެކަމަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
"މިއަދުގެ ކެބިނެޓްގައި މި ހުރިހާ ކަމެއްގެ އަލީގައި މަޝްވަރާކޮށް އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ސިއްހަތު ސަލާމަތްކުރުމަށްޓަކައި ޖީލު ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައު އަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތައް ނުޖެހޭ ބަޔަކަށް ހެދުމަށްޓަކައި މަޝްވަރާކޮށް ގޮތެއް ނިންމާނަން." ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދު ވިދާޅުވީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ފެތުރެން ދިމާވާ އެންމެ ބޮޑު ސަބަބަކީ އަދި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެއްމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށެވެ.
އަދި ރާއްޖޭގައި 84 ޕަސެންޓް މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކާ ގުޅިގެންކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު