ޕީޖީ އޮފީސް-- ފޮޓޯ/ ސަން
ޕީޖީ އޮފީސް-- ފޮޓޯ/ ސަން
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ޕްރޮސިކިއުޓަާ ޖެނެރަލް (ޕީޖީ)ގެ ދެ ވަކީލަކު ސަސްޕެންޑްކޮށްފި އެވެ.

ޕީޖީ އޮފީހުން ވެސް މިއަދު އެކަށް ކަށަވަރުކޮށްދެމުން ބުނީ އެ ދެ މުވައްޒަފުން ސަސްޕެންޑްކުރީ މައްސަލަ ބަަލައި ނިމެންދެން ކަމަށެވެ.

އަދި އެ އޮފީހުން ބުނީ ސުލޫކީ ކޮމިޓީން ބަލަމުންދަނީ ޖިންސީ ފުރައްސާރަކުރުމާއި، އެ އޮފީހުން ގަބޫލުކޮށް ހިފަހައްޓަމުންދާ އަހުލާގީ މިންގަނޑާ ހިލާފުވުމުގެ މައްސަލައެއް ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ވެސް ބަލަން ޖެހޭ ކަންކަން ހުރުމުން އެކަންކަން އެ އިދާރާއިން ވެސް ބަލަމުންދާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މިއީ ކޮން އިރަކު ހިނގި ކަމެއް ކަަމެއް ސާފެއް ނުވެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ޕީޖީގެ ބަހެއް ވެސް ނުލިބެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން