މޯލްޑިވްސް ގޭހުން ކުރަމުންދިޔަ ގޭސް ގަތުމުގެ މަސައްކަތް، މައި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ބަދަލުކުރަން އެކުންފުނީގެ ބޯޑުން ފާސްކޮށްފިއެވެ.
މޯލްޑިވް ގޭހަށް ގޭސް ގެނައުމުގެ ޕްރޮކިއުމަންޓާ ގުޅޭ ހުރިހާ ކަމެއް ވަގުތީ ގޮތުން އެސްޓީއޯ އިން ކުރިއަށް ގެންދާ ގޮތަށް އެކުންފުނީގެ ބޯޑުން ފާސްކުރީ މިއަދުއެވެ. އެސްޓީއޯ އިން ބުނީ މޯލްޑިވް ގޭހަށް ގޭސް ގެނައުމާ ގުޅޭ ހުރިހާ ކަމެއް ވަގުތީ ގޮތުން އެސްޓީއޯ އިން ކުރިއަށް ގެންދަން މިއަދު ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ކަންކަން މީގެ ފަހުން ކުރާނީ އެސްޓީއޯ އިން ކަމަށް އެކުންފުނިން ބުނެއެވެ.
އެސްޓީއޯގެ ބޯޑުން އެ ގޮތަށް ނިންމާފައިމިވަނީ ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ގޭސް ގަންނަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެޑްވާންސް ފައިސާގެ ގޮތުގައި މޯލްޑިވް ގޭހުން ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) "ގެއްލުނު" ކަން ހާމަވެފައިވަނިކޮށެވެ. އެމައްސަލަ މަނީލޯންޑަރިންގެ މައްސަލައެއްގެ ގޮތުގައި ފުލުުހުން މިހާރު ގެންދަނީ ތަހުޤީޤު ކުރަމުންނެވެެ. އޭސީސީން ވެސް ބުނީ އެމައްސަލަ ކޮމިޝަންގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެމައްސަލަ ބަލަމުންދާ ކަމަށެވެ.
އެމައްސަލަ ފެންމަތިވުމާއި ގުޅިގެން މޯލްޑިވް ގޭހުން ބުނީ އެޑްވާންސް ފައިސާގެ ގޮތުގައި މޯލްޑިވް ގޭހުން ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސް ނިމުމުގެ ކުރިން އެ ފައިސާ ދޭނެ ކަމަށް ދުބާޢީގެ ޖާކްޝާ އެނާޖީ އިން މޯލްޑިވް ގޭހަށް އަންގާފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު