ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުންދިއުމުގެ ތެރޭ މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި އަނިޔާވި ދަރިވަރު، އަބުދުލް މާނިއުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިރޭ ވިދާޅުވެެއްޖެއެވެ.

ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުންދިއުމުގެ ތެރޭގައި މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި ޒަޚަމްވެފައިވަނީ ހދ. ހަނިމާދުއަށް ނިސްބަތްވާ އަބްދުލް މާނިއުއެވެ.

ބޯޓުގެ ބުރަފަތީގައި ޖެހި ހިނގި މި ހާދިސާއާ ގުޅިގެން ފޮރިން މިނިސްޓަރު ޑރ. ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާނިއުގެ ބައްޕަ، އާމިރުއާ ފޯނުން ގުޅުއްވައި ދަރިވަރުގެ ހާލަތާ ގުޅޭގޮތުން މިއަދު ވާހަކަ ދެއްކެވި ކަމަށެވެ. އެގޮތުން، މާނިއުގެ މަންމައާއި ބޭބެ ވެސް މިހާރު ތިބީ ފިލިޕީންސްގައި ކަމަށާއި، މާތްﷲގެ ވާގިފުޅާއެކު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާ އާއި ހަވާލާދީ މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ފޮރިން މިނިސްޓްރީއާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ގުޅައިގެން މާނިއުގެ ހާލު ބަލަމުން ގެންދާ ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި އެ ކަމާ މާނިއުގެ އާއިލާއިން އުފާ ކުރާ ކަމަށާއި، ފިލިޕީންސްގައި ތިބި ކިޔަވާ އެހެން ދަރިވަރުންގެ ފަރާތުން މި ފަދަ ވަގުތެއްގައި ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް، އެކަމާ ޝުކުރުވެރިވާކަން ހާމަކޮށްފައިވާ ކަމަށް މިނިސްޓަރު ޚަލީލް ވިދާޅުވިއެވެ.

މިނިސްޓަރު ޚަލީލް އިތުރަށް ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާ އެއްގޮތަށް ސަރުކާރުން ގެންދަނީ މާނިއުގެ ހާލު ވަރަށް ކައިރިން ބަލަމުން ކަމަށެވެ.

މި ހާދިސާގައި ޒަޚަމްވި މާނިއުގެ އަތާއި މޫނާއި ފަޔަށް ވެސް ވަނީ އަނިޔާވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން