ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (ސަޢުދީ ފަންޑު) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ)، ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.
ސަޢުދީ ފަންޑުގެ ސީ.އީ.އޯ، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދު ރާއްޖެ ވަޑައިގަތީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެެވެ.
2025 އެޕްރީލް މަހުގެ 13 އިން 15 އަށް، ތިން ދުވަހުގެ މުއްދަތަށް، ސަޢުދީ ފަންޑުގެ މަތީފަންތީގެ ވަފުދަކާއެކު ސީ.އީ.އޯ ހިޒް ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސައުދީ ފަންޑުން ދޭ އިތުރު ފައިނޭންސިންގ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން، ސަޢުދީ ފަންޑުގެ އެހީގައި ކުރިއަށްގެންދާ އެފޯޑަބަލް ހައުސިންގ މަޝްރޫޢު ރަސްމީ ގޮތުން އިނީޝިއޭޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ސަޢޫދީ ފަންޑަކީ ރާއްޖޭގެ ތަރައްޤީ އަށް ވަރަށް ގިނަގުނަ އެހީތަކެއް ދެމުން ގެންދާ ފަންޑެއް ކަން ފާހަގަކޮށްލެވެއެވެ. 1974 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން މި ފަންޑު އުފައްދާފައިވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު