ބޮލީވުޑްގެ މަޝްހޫރު ތަރި ކާތިކު އާރިޔާންގެ ކުރިއަށް އޮތް ފިލްމު "ނާގްޒިއްލާ" ގައި އޭނާ ފެނިގެންދާނީ ޑަބަލް ރޯލަކުން ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވަނީ ޝާހުރުކްގެ ފިލްމު "ޖަވާން" އެކޭ އެއްފަދައިން "ނާގްޒިއްލާ" ގައި ކާތިކު ދެ ރޯލެއް ކުޅޭނެ ކަމަށެވެ. އެގޮތުން "ނަގްޒިއްލާ" ގެ ހީރޯގެ ރޯލުންވެސް އަދި ވިލަންގެ ރޯލުންވެސް ފެންނާނީ ކާތިކު ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.
"ނާގްޒިއްލާ" އަކީ ކޮމެޑީ ފިލްމެކެވެ. ރިޕޯޓުތަކުގައި ބުނެފައިވަނީ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އިންސާނަކާއި ހަރުފައަކާ ދެމެދު ހިނގާ ހަމަނުޖެހުމެއްގެ މައްޗަށް ކަމަށެވެ. މި ފިލްމަކީ ހުރިހާ ފުކްރޭ ފިލްމުތަކަކަށްވުރެވެސް މަޖާ ފިލްމަކަށް ވާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ފިލްމު ޑައިރެކްޓު ކުރާނީ މްރިގްދީޕް ސިންގު ލަންބާ އެވެ. މި ފިލްމުގެ މަސައްކަތް މިއަހަރު ސެޕްޓެމްބަރު މަހު ފެށޭއިރު، މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 2026 ގެ މެދުތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު