ފިލްމު "ސޮރީ" ގެ ޕޯސްޓަރު
ފިލްމު "ސޮރީ" ގެ ޕޯސްޓަރު
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ދިވެހި ފިލްމު "ސޮރީ" ގެ ޓިކެޓުތައް މާދަމާ ބުކް ކުރަން ފަށާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހާމަ ކޮށްފިއެވެ.

އެގޮތުން ފިލްމުގެ ޓިކެޓުތައް ބުކްކުރަން ފަށާނީ މާދަމާ މެންދުރު 13:00 ގައި ކަމަށް ފިލްމުގެ ޑައިރެކްޓަރު ނަހުލާ ވަނީ ހާމަކޮށްފައެވެ. ޓިކެޓު ބުކް ކުރުމަށް ގުޅާލަން ޖެހޭނީ 7844422 އަށެވެ.

"ސޮރީ" ގެ ޕްރިމިއާ ނައިޓުގެ ޓިކެޓުތައް ވިއްކަން ހަމަޖެހިފައިވަނީ 250 ރުފިޔާއަށެވެ. އަދި އެހެން ޝޯތަކުގެ ޓިކެޓުތައް ވިއްކަން ހަމަޖެހިފައިވަނީ 150 ރުފިޔާ އަށެވެ.

މި ފިލްމަކީ ލޯބީގެ ހިތްދަތި އަދި ވަރަށް އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ޓްރެއިލާ މިދިޔަ ހަފްތާގައި ނެރެފައިވާއިރު، އެ ބަލާލުމުންވެސް މިއީ ވަރަށް ގިނަ އިހުސާސްތަކެއް އެކުލެވޭ ފިލްމެއްކަން އެނގިގެން ދެއެވެ.

ޓްރެއިލާ އާއި ފިލްމުގެ ލަވަތައް އާންމު ކުރުމާއެކު އެއަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ. އަދި ފިލްމު ބަލާލަން ދާން ކެއްމަދުވެފައިވާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ޑައިރެކްޓަރު ނަހޫގެ ފިލްމުތަކަކީ އަބަދުވެސް ދިވެހިންގެ މެދުގައި ވަރަށް މަގުބޫލުކަން ލިބޭ ފިލްމުތަކެކެވެ. "ސޮރީ" އަކީ ނަހޫގެ ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ހިޓު ވާނެ ފިލްމު ކަމުގެ ޔަގީންކަން ނަހޫގެ އިތުރުން ފިލްމުގެ ތަރިންވެސް ވަނީ ދީފައެވެ.

މި ފިލްމު ބަލައި، މި އިހުސާސްތައް ތަޖުރިބާ ކޮށްލަން ބޭނުންވާނަމަ ޓިކެޓު ބުކިން ފެށުމާއެކު ލަސްނުކޮށް ޓިކެޓު ގަންނަން ވަރަށް މުހިންމެވެ. ސޯޝަލް މީޑިއާގައި "ސޮރީ" އަށް ލިބޭ ތަރުހީބަށް ބަލާލުމުން ލަފާކުރެވެނީ ޓިކެޓުތައް ވަރަށް އަވަހަށް ވިކި ހުސްވާނެ ކަމަށެވެ.

ވީމާ މި ފިލްމު ބަލާލަން ބޭނުންވާނަމަ އަންނަ އަންގާރަ ދުވަހުގެ މެންދުރަށް ފޯނުގައި ރިމައިންޑާއެއް ހަދައި، ލަސްނުކޮށް ޓިކެޓު ގަނެލަން ތައްޔާރުވާށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން