މި އަހަރަށް ފަހު ހޫނު މޫސުން ދެން ހައްޖާ ދިމާވާނީ 2041 ވަނަ އަހަރު ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފި އެވެ.
ސައުދީ އަރަބިއްޔާގެ މީޓޮރޮލޮޖިކަލް ސެންޓަރުން ބުނީ އެހެން ދިމާވަނީ މީލާދީ ކަލަންޑަރަށް ވުރެ ހިޖުރީ ކަލަންޑަރު 10 ދުވަސް ކުރުވާތީ ކަމަށެވެ.
އެއާއެކު އަންނަ އަހަރުން ފެށިގެން ހައްޖު އަންނާނީ ބަހާރު މޫސުމަށެވެ. އަދި އޭގެ ފަހުން ފިނި މޫސުމާ ހައްޖު ދިމާވާ އިރު ދެން ހޫނު މޫސުމާ ހައްޖާ ދިމާވާނީ 2041 ވަނަ އަހަރު އެވެ.
އެ ބަދަލާއެކު ހައްޖަށް ދާ ގިނަ ބަޔަކަށް އުފުލަން ޖެހޭ ތަކުލީފު ކުޑަވާނެ އެވެ.
ހޫނު މޫސުމާ ގުޅިގެން މިދިޔަ އަހަރުވެސް މައްކާގައި 51 ޑިގްރީ ސެލްސިއަސްއަށް ހޫނު ގަދަވެ އެއް ދުވަހުން 2700 ހައްޖާޖީންނަށް ހީޓް ސްޓްރޯކް ޖެހުނެވެ، އަދި ބައެއް މީހުން މަރުވެސްވި އެވެ.
ހޫނު ގަދަކަމުން ސައުދީން ފަހަކަށް އައިސް ވަނީ ހައްޖުވެރިންގެ ރައްކާތެރިކަމަށް އެކި ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން ހައްޖާޖީން ހިނގާ ސަރަހައްދު ހިޔާކުުރުން ފަދަ ފިޔަވަޅުތައް އެޅި އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގައި 1،8 މިލިއަން މީހުން ބައިވެރިވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
މި އަހަރުގެ ހައްޖު ދުވަސްވާނީ މީލާދީ މަހުން ޖޫން ފަހެއްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު