މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދަކީ ކުރުވާހަކަ ލިޔުމުގައި ދެވަނައެއް ނެތް އަދީބެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މަޑުލު ވަޙީދު އަވަހާރަވުމުގެ ހިތާމައިގައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ޞާލިޙް މިއަދު ވިދާޅުވީ މަޑުލު ވަޙީދަކީ ދިވެހި ބަހަށް އެތަކެއް ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ކުރުވާހަކަ ލިޔުމުގައި ވަޙީދު ފަދަ ދެވަނަ އަދީބެއް ނެތް ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
“އަޅުގަނޑަށް އެންމެ ކަމުދާ އެއްލިޔުންތެރިއާއެވެ. ދިވެހިބަހުގެ ދުވަސް މިއަދު ފާހަގަ ކުރަމުން ދާއިރު ވަޙީދުގެ ޚިދުމަތްތައް ހިތުގައި އިތުރަށް އާލާވަމުންދެއެވެ.” ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ރައީސް ޞާލިޙް ވަނީ މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވުމުގެ ހިތާމައިގައި ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައި ގެއްލިގެން އެދިޔައީ މިޤައުމަށް އެތައް ޚިދުމަތްތަކެއް ކޮށްދެއްވި ޚިދުމަތްތެރިއެއްކަން ފާހަގަ ކުރަށްވާފައެވެ.
އަދި މަރްޙޫމް މަޑުލު ވަޙީދުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް ރައީސް ޞާލިޙްގެ މެސެޖްގައި ދުޢާ ކުރަށްވާފައިވެއެވެ.
ދިވެހި އަދަބިއްޔާތައް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަދުވަސްތަކަކަށް ފަހު އައިޖީއެމްއެޗްގެ އައިސީޔޫގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 77 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު