ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ތައުލީމު ހާސިލުކުރެވޭ ގޮތަށް ޒަކާތު ފަންޑުން 50 ސްކޮލަޝިޕް ފުރުސަތު ހުޅުވާލައިފި އެވެ.
އެ ސްކޮލަޝިޕްތައް ހުޅުވާލީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމަށް ހުޅުވާލި ފުރުސަތުތަކެއް ކަމަށެވެ.
މިއަދު ހުޅުވާލި 50 ސްކޮލަޝިޕްގެ ތެރޭގައި ރާއްޖޭގައި ކިޔަވަން 20 ފުރުސަތު އަދި ރާއްޖެއިން ބޭރުން 30 ފުރުސަތު ހިމެނެ އެވެ.
ރާއްޖެއިން ފުރުސަތު ހުޅުވާލީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި އިސްލާމީ ޔުނިވާސިޓީއިން ހިންގާ މާސްޓަރސް ކޯސްތަކަށެވެ. އަދި ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތައުލީމު ހާސިލްކުރުމަށްދޭ ހާއްސަ ސްކޮލަޝިޕްގެ ފުރުސަތެވެ.
ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހުޅުވާލެވިފައިވަނީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރބިއްޔާ، މިސްރު އަދި ސާކް ގައުމުތަކުންނެވެ.
މެލޭޝިއާ އަދި ބުރުނާއީން 17 ފުރުސަތު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ، ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިއާ، އިންޓަނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އަދި ޔުނިވާރސިޓީ ބުރުނާއީ ދާރުއްސަލާމެވެ. މެލޭޝިއާ އަދި ބުރުނާއީން ޑިގްރީގެ 2 ފުރުސަތު، މާސްޓަރސްގެ 6 ފުރުސަތު އަދި ޕީއެޗްޑީ 9 ފުރުސަތު ހުޅުވާލެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު