ސީސީޓީވީ ކެމެރާ ނެތް ބަންދު މަރުކަޒުތަކުގެ ގޮޅިތަކުގައި ކެމެރާ ހަރުކުރެވެންދެން ގަވާއިދުން މޮނިޓާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ހިއުމަން ރައިޓްސް ކޮމިޝަނުން ލަފާދީފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ ބަންދު ގޮޅިތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް ބަންދު މަރުކަޒުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މުހިންމު ލަފާތަކެއް ދީފައިވާ ކަމަށެވެ.
އެޗްއާރްސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސީސީޓީވީ ކެމެރާ ނެތް ބަންދު މަރުކަޒުތަކުގެ ގޮޅިތައް ގަވާއިދުން މޮނިޓަރ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަމާބެހޭ އިދާރާތަކަށް ލަފާދީފައިވެއެވެ. ނަމަވެސް، ފުލުހުންގެ ހުރިހާ މަރުކަޒުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އަންގާފައިވީ ނަމަވެސް، ބަޖެޓުގެ ދަތިކަން ހުރުމުގެ ސަބަބުން މިހާތަނަށް ހުރިހާ ތަނެއްގައި ކެމެރާ ހަރުކޮށްފައިނުވާކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެކޮމިޝަނުން ބުނެފައިވާ ގޮތުގައި، ބަންދު މަރުކަޒުތަކުގައި ތިބޭ ފަރާތްތަކުގެ ގޮޅިތައް ގަވާއިދުން އަދި އަވަސް މުއްދަތެއްގެ ތެރޭގައި ގާތުން މޮނިޓަރ ކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ފަހަކަށް އައިސް ބަންދު މަރުކަޒުތަކުގައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ހާދިސާތައް އިތުރުވެފައިވާތީ، މިކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެޗްއާރްސީއެމުން ހާމަކޮށްފައިވާ ގޮތުގައި، ހދ. ކުޅުދުއްފުށީ ކަސްޓޯޑިއަލްގައި ހިނގި ދެ ވަކި ހާދިސާއެއްގައި އަމިއްލައަށް މަރުވާން މަސައްކަތްކުރި މައްސަލަތައް މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ. މި ހާދިސާތަކާ ގުޅިގެން، ބަންދު މަރުކަޒުތަކުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރުމުގެ މުހިންމުކަން އިތުރަށް ފާހަގަކުރެވިފައިވާ ކަމަށް އެކޮމިޝަނުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު