މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު އަބްދުﷲ އަޙްމަދު ބަދަވީ އަވަހާރަވުމާ ގުޅިގެން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ބަދާވީ އަވަހާރަވީ ސިއްހީ ހާލުކޮޅު ދެރަވެގެން އިއްޔެ ކުއާލާ ލަމްޕޫރްގެ ނެޝަނަލް ހާޓް އިންސްޓިޓިއުޓްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ގެންދަވަނިކޮށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެސެޖުގައި، މި ގެއްލުމާ ގުޅިގެން ފުން ހިތާމަ ފާޅުކުރައްވައި، އަވަހާރަވި އަބްދުﷲ އަޙްމަދު ބަދަވީއަކީ އޭނާގެ ޙަޔާތުގެ ބޮޑު ބައެއް ޢާންމު ޚިދުމަތަށާއި ޤައުމު ކުރިއެރުވުމަށް ވަޤްފުކުރެއްވި ފާހަގަކޮށްލެވޭ ވެރިއެެއްކަން ފާހަގަކުރައްވާފައިވެއެވެ. އެ މަނިކުފާނު މެލޭޝިޔާގެ އިޤްތިޞާދީ ތަރައްޤީއަށް ކުރެއްވި މުހިންމު މަސައްކަތްތަކުގެ އިތުރުން، މެދުމިނުގެ ސިޔާސަތު ކުރިއެރުވުމަށާއި، ޤައުމީ އެއްބައިވަންތަކަމަށާއި، ހެޔޮ ވެރިކަމަށް ކުރެއްވި ދެމެހެއްޓެނިވި މަސައްކަތްތައް ވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ. ރައީސް ވަނީ މި ހިތާމައިގެ ވަގުތުގައި މެލޭޝިޔާގެ ރައްޔިތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން އެއްބައިވަންތަކަމާއެކު ތިބިކަން ވެސް ފާހަގަކުރައްވާފައެވެ. އަދި މެލޭޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްޞަކޮށް އަވަހާރަވި ކުރީގެ ބޮޑުވަޒީރުގެ ޢާއިލާއަށް އިޚްލާޞްތެރި ހަމްދަރުދީ ފާޅުކުރައްވާފައިވެއެވެ.
އަބްދުﷲ އަޙްމަދު ބަދަވީއަކީ 2003 އިން 2009 އަށް މެލޭޝިޔާގެ ފަސްވަނަ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާގެ ލީޑަރޝިޕް އަމާޒުކުރެވިފައިވަނީ ޕްރޮގްރެސިވް އިސްލާމީ އަގުތަކަށާއި، އިޤްތިޞާދީ ކުރިއެރުމަށާއި، ޤައުމީ އެއްބައިވަންތަކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު