ބެޓެލް އޮފް ބޭންޑްސްގައި ބައިވެރިވި ދިވެހި ބޭންޑް އެ މުބާރާތުގެ ފަނޑިޔާރުންނާއެކު
ބެޓެލް އޮފް ބޭންޑްސްގައި ބައިވެރިވި ދިވެހި ބޭންޑް އެ މުބާރާތުގެ ފަނޑިޔާރުންނާއެކު
އިންޑިއާގައި މިހާރު ކުރިއަށްދާ "ބެޓެލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގައި ދިވެހި ބޭންޑު، "ޓޫ އޮފް އަސް" އިން ހުށަހެޅި ހުށަހަޅުން އެ މުބާރާތުގެ ފަނޑިޔާރު އަދި އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަނޫ މާލިކަށް ވަރަށް ބޮޑަށް ކަމުގޮސްފި އެވެ.

އެ މުބާރާތުގައި ދިވެހި ބޭންޑުން ހުށަހަޅައިދިން ލަވަ ތަކުގެ ތެރޭގައި މަރްހޫމް މެޒޯ މުހައްމަދު ކިޔައިފައިވާ "ކަމަނަ ގޯތީ އާދަނު" ހިމެނެ އެވެ.

"ހައި ނޯޓެއް" ގައި ދިވެހި ބޭންޑުގެ ލަަވކިޔުންތެރިޔާ އަދުހަމް އެ ލަަވައިގެ ތަންކޮޅެއް ކީލެއް ފުރިހަަމަކަން އަނޫ މާލިކު ފާހަގަ ކުރި އެވެ. އަދި އޭގެ އިތުރުން ލަވަކިއިރު ލެއްވި ބައެއް އަޑުތަކަކީ މުޅިން "ތަފާތު" އަޑުތަކެއް ކަމަށް އަނޫ މާލިކު ބުންޏެވެ.

"މިއީ މި ފަހުން އަހަންނަށް ފެނުނު އެންމެ ފުރިހަމަ ހުށަހެޅުން. އިންޑިއާއަށް އައިސް ހުނަރު ދައްކާލީތީ ޝުކުރިއްޔާ." އަދުހަމް ވިދާޅުވި އެވެ.

މުބާރާތުގައި ހިމެނޭ އެހެން ފަނޑިޔާރަކު ދިވެހި ބޭންޑުގެ ހުށަހެޅުމަށް ތައުރީފްކޮށް ބުނީ އެ ހުށަހެޅުމަށް 10އަކުން 10އެއް ދޭން ޖެހޭ ކަމަށެވެ.

ބޭންޑް ލަވަތައް ހުށައެޅިއިރު ބެކް ސްޓޭޖުގެ ބޮޑު ސްކްރީނުން ދިވެހި ރާއްޖޭގެ ރީތި މަންޒަރުތައް ސްކްރީން ކުރަމުން ދިޔަކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން