ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ފިލްމު "ސޮރީ" ގެ ޓިކެޓު ބުކް ކުރުމުގެ ފުރުސަތު ހުޅުވާލިތާ މާގިނައިރުތަކެއް ނުވަނީސް ފުރަތަމަ ތިން ޝޯގެ ބުކިން ފުލް ވެއްޖެއެވެ.
މި ފިލްމުގެ ޓިކެޓު ބުކް ކުރަން ފެށީ މިއަދު މެންދުރު 13:00 ގައެވެ. ފިލްމުގެ ފުރަތަމަ ތިން ޝޯގެ ބުކިން މިހާރު ފުލްވެފައިވާއިރު، މިހާރު ކުރިއަށްދަނީ 4 އަދި 5 ވަނަ ޝޯގެ ބުކިން އެވެ.
ފިލްމުގެ ޑައިރެކްޓަރު ނަހޫ "ރަސް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޓިކެޓު ބުކް ކުރުމުގެ މަސައްކަތް ކުރަމުންދަނީ އެންމެ ނަމްބަރަކުން ކަމުން، ބައެއް ބޭފުޅުންގެ ފޯނަށް ޖަވާބުނުދެވޭތީ ވަރަށް ޝަކުވާތައް އަންނަމުންދާ ކަމަށެވެ. އަދި ޓިކެޓު ނުލިބި ވަރަށް އަވަހަށް ޝޯތައް ފުލްވަމުންދާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށްވެސް ނަހޫ ވަނީ ބުނެފައެވެ.
"ޓިކެޓް ނަގަން މެންދުރު 01:00 އިން ފެށިގެން މަސައްކަތް ކޮށް ޓިކެޓު ނުލިބި ބުކިން ހުސްވާތީ އެކަމާ މީހުން ކަންބޮޑުވުން ފާޅު ކުރޭ އެބަ. އެކަމަކު އަޅުގަނޑުމެން ހަމަ ހުއްޓި ނުހުރި ހަމަ ބުކިން ކުރިއަށް މިގެންދަނީ." ނަހޫ ބުންޏެވެ.
"ސޮރީ" ގެ ޓިކެޓު ބުކް ކުރަން ގުޅާލަން ޖެހޭނީ 7844422 އަށެވެ. ފިލްމުގެ ޕްރިމިއާ ޝޯގެ ޓިކެޓު މިހާރު ހުސްވެފައިވާއިރު، މި ޝޯގެ ޓިކެޓު ވިއްކީ 250 ރުފިޔާ އަށެވެ. ފިލްމުގެ ބާކީ ހުރި ޝޯތަކުގެ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 150 ރުފިޔާ އަށެވެ.
މި ފިލްމަކީ ނަހޫގެ ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ހިޓު ފިލްމަށް ވާނެކަމުގެ ޔަގީންކަން ނަހޫގެ އިތުރުން ފިލްމުގެ ތަރިންވެސް ވަނީ ދީފައެވެ. އަދި މި ފިލްމަށް ލިބެމުންދާ ތަރުހީބުންވެސް މިކަން އެބަ އެނގެއެވެ.
ވީމާ ފަހަށް މަޑު ނުކޮށް "ސޮރީ" ބަލާލަން ބޭނުންވާނަމަ ލަސްނުކޮށް މަތީގައިވާ ނަމްބަރަށް ގުޅައި ޓިކެޓު ބުކިން ހަދާލަން ވަރަށް މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު