މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 11.2 ބިލިއަން ރުފިޔާއަށް އަރައި ދައުލަތުގެ ބަޖެޓް 3.4 ބިލިއަން ރުފިޔާއިން އަރަނި ވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މާޅީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 10 އޭޕްރީލްގެ ނިޔަލަށް ދައުލަތަށް ވަނީ 11.2 ބިލިއަން ރުފިޔާ ލިބިފަ އެވެ. ދައުލަތަށް މި އަހަރު ލިބުނު އާމްދަނީގެ ތެރެއިން 8.7 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބުނުއިރު ހިލޭ އެހީގެ ގޮތުގައި 56 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި ދަޢުލަތަށް ލިބިފައިވަނީ 8.8 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި 43.6 މިލިއަން ރުފިޔާ މިދިޔަ އަހަރު ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޓީޖީއެސްޓީންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 556.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އޭގެއިތުރުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މި އަހަރު 437.1 މިލިއަން ރުފިޔާ ވަނީ ޖަމާ ކޮށްފައެވެ.
ދައުލަތުގެ ހަރަދުތައް މި އަހަރުގެ މިހާތަނަށް ހުރީ 9 ބިލިއަން ރުފިޔާގައެވެ. އޭގެތެރެއިން 2.4 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވަނީ ލޯނު ދެއްކުމަށެވެ.
އެއާއެކު ދަޢުލަތުގެ ބަޖެޓްގެ ޕްރައިމަރީ ބެލެންސް ވަނީ 3.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި މިއަހަރުގެ ޖުމްލަ ބަޖެޓްގެ ބެލެންސް ވަނީ 2.1 ބިލިއަން ރުފިޔާއިން އަރަނިވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމްލަ ބަޖެޓްގެ ބެލެންސް ހުރީ 1.1 ބިލިއަން ރުފިޔާގެ ޑެފިސިޓްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު