ސްޕޯޓްސް ފިޝިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓް ކުރަން މަޝްހޫރު އިންފްލުއެންސަރެއް ކަމަށްވާ "ފްލައި ނަވާރޯ" ހަމަޖައްސައިފިއެވެ.

ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ރޮބަޓް "ފްލައި" ނަވާރޯ ހަމަޖެއްސީ އެމްއެމްޕީއާރުސީންނެވެ. އޭނާ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރުގެ މަސްވެރިކަމުގެ ތަޖުރިބާކާރު އަދި ފްލައި ޒޯން ފިޝިންގެ ބާނީކަން ފާހަގަ ކުރެވެއެވެ.

ފްލައި ނަވާރޯ ރާއްޖޭގެ އެމްބެސެޑަރަކަށް ހަމަޖެއްސުމުން ބައިނަލްއަގުވާމީ ސްޕޯޓް ފިޝިން ކޮމިއުނިޓީގައި ރާއްޖޭގެ ކަނޑުގެ މާހައުލަށް ހުރި ޝައުގުވެރިކަން އިތުރުކޮށްދޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ދެމެހެއްޓެނިވި މަސްވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރެވޭނެ ކަމަށްވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

ކުޅިވަރު މަސްވެރިކަމުގެ ސިނާއަތުގައި ފްލައި ނަވާރޯ އަކީ 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ. އަދި އޭނާއަކީ ހަ ކޮންޓިނެންޓަކަށް ދަތުރުކޮށް ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތްތަކުގައި ބައިވެރިވެފައިވާ ކުޅަދާނަ އެންގަލަރެެކެވެ.

އޭނާއަކީ ފްލައި ޒޯން ފިޝިންގެ ބާނީ ކަމަށްވާއިރު އެއީ ދުނިޔޭގެ ހަމައެކަނި "ބްލޫ މާލިން" މުބާރާތް, "ބްލޫ މާލިން ވޯލްޑް ކަޕް" ގެ ކޯ ކްރިއޭޓަރުކަންވެސް ފާހަގަ ކުރެވެއެވެ. އަދި މީޑިއާ އާއި އިވެންޓް ޕްރޮޑަކްޝަން ގެ ޒަރިއްޔާއިން އެންގަލަރުންގެ ކޮމިއުނިޓީ ބަދަހި ކޮށް ފުޅާކުރުމުގެ މަސައްކަތުގައި އޭނާ އަކީ ފާހަގަކޮށްލެވޭ މަގުބޫލު އޭންގަލަރެކެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް މި ސަރުކާރުން ގިނަ ކަންތައްތައް ކުރަމުންގެންދާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން