ބ. ކެންދޫއަށް ދިމާޥެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އާ ޖެނެރޭޓަރެއް ފޮނުވުމަށް މަސައްކަތް ފަށާފައިވާ ކަަމަށް ފެނަކައިން ބުނެފި އެވެ.
ކެންދޫގައި ކަރަންޓް ކެނޑޭ މައްސަލަ ދިގުލައިގެންގޮސްފައިވާ އިރު އިއްޔެ މެންދުރު ފަހުން ކަރަންޓުގެ ހާލަތު އިތުރަށް ގޯސްވެ ބައި ގަޑިން ބައި ގަޑިން ކަރަންޓު ދިނުން ހުއްޓާލި އެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކެެންދޫން ކަރަންޓު ކެނޑެން ދިމާވީ 400 ކިލޯވޯޓުގެ ޖެނެރެޓަަރުގައި ފެނާއި އަޑީތެޔޮ އެއްވާ މައްސަލަ ދިމާވުމުން ކަމަށެވެ.
އެ މައްސަލަ ދިމާވުމުން ފެނަކައިގެ ޓީމެއް ގޮސް އެ ޖެނެރޭޓަރު އޯވާހޯލްކުރި ކަމަށާއި ނަމަވެސް އަނެއްކާވެެސް 15 ދުވަސް ފަހުން އިތުރު މައްސަލައެއް ޖެނެރޭޓަރަށް ދިމާވީ ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންވެ ބާކީ ހުރި ޖެނެރޭޓަރުތަކަށް ލޯޑު ހިފަހައްޓާ ނުލެވި ކަރަންޓް ކަނޑަން ޖެހުނީ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ކަރަންޓުގެ މައްސަލަ ހައްލުކުރަން ރޭ ފެނަކައިން ވަނީ ޓީމެއް ކެންދޫއަށް ގޮސް ވަގުތީ ގޮތުން ރޭ ދަންވަރު ކަރަންޓް ދީފައެވެ.
ފެނަކައިން ބުނީ އާ ޖެނެރޭޓަރެއް ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި އަދި އޭރުން ދެ ދުވަސް ތެރޭގައި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު