އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކޮށްކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ދަރިކަލުންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ވާހަކަތަކެއް ދައްކާފައިވާކަމަށް ބުނެ އެމަނިކުފާނުގެ އާއިލާގެ ފަރާތުން ޗެއާޕާސަން ފައްޔާޒާއި އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ މަރިޔަމް ޒުބައިރު (މަންދީ) އަދި އެމްޑީޕީއަށް ދައުވާކުރުމަށް ފެމެލީ ކޯޓަށް ހުށަހެޅުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ޕާޓީގެ އިސް ހިދުމަތްތެރީންގެ މައްޗަށް ސިޔާސީ ބޭނުމަށް އެކި ނަންނަމުގައި ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަގުސަދުގައި ހިންގާ ފިނޑި އަމަލެއް ކަމަށެވެ.
އަދި މިއީ އެމްޑީޕީއަށް އާ ކަމެއް ނޫންކަމަށާއި އަދި އެފަދަ ކަމަކުން ޕާޓީ ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނެކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީ މެންބަރުން މިތިބީ އެކަތިގަނޑެއްގެ ގޮތުގައި، ބަދަހިކޮށްކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ކުރާ މަސައްކަތްތައް ދާނީ ކުރިއަށް ކަމަށްވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވެސް ވަނީ ފައްޔާޒުގެ ދިފާއުގައި ނުކުންނަވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ފައްޔާޒު އިސްމާޢީލްގެ ދިފާއުގައި ރައީސް ޞާލިޙާއި ޢަބްދުﷲ ޝާހިދު ނުކުންނަވާފައި މިވަނީ އެ ޕާޓީ ތެރޭގައި ރިޔާސީ ޓިކެޓްގެ ވާދަވެރިކަން އުފެދި ފެކްޝަންތަކެއް އުފެދިފައިވާކަމަށް ގިނަބަޔަކު ބުނަމުން ދަނިކޮށެވެ.

އެމްޑީޕީގެ ޗެއާޕާސަން @faya_i އާއި ޕާޓީގެ އިސް ޚިދުމަތްތެރީންގެ މައްޗަށް ސިޔާސީ ބޭނުމަށް އެކި ނަންނަމުގައި ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް.
— Ibrahim Mohamed Solih (@ibusolih) April 16, 2025
މިއީ @MDPSecretariat އަށް އައު ކަމެއް ނޫން އަދި އެފަދަ ކަމަކުން އަޅުގަނޑުމެން…
ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީ މެންބަރުން މިތިބީ އެކަތިގަނޑެއްގެ ގޮތުގައި، ބަދަހިކޮށްކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ކުރާ މަސައްކަތްތައް ދާނީ ކުރިއަށް ކަމަށްވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވެސް ވަނީ ފައްޔާޒުގެ ދިފާއުގައި ނުކުންނަވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ފައްޔާޒު އިސްމާޢީލްގެ ދިފާއުގައި ރައީސް ޞާލިޙާއި ޢަބްދުﷲ ޝާހިދު ނުކުންނަވާފައި މިވަނީ އެ ޕާޓީ ތެރޭގައި ރިޔާސީ ޓިކެޓްގެ ވާދަވެރިކަން އުފެދި ފެކްޝަންތަކެއް އުފެދިފައިވާކަމަށް ގިނަބަޔަކު ބުނަމުން ދަނިކޮށެވެ.
ކިޔުންތެރިންގެ ހިޔާލު