ޝާން މުހައްމަދު   16 އޭޕްރީލު 2025 - 22:12
ބޮލީވުޑްގެ ދުވަސްވީ މަޝްހޫރު ތަރި ޖެކީ ޝްރޯފް، ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ޖެކީ ޝްރޯފްގެ އޮފިޝަލް އިންސްޓަގުރާމުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ ރާއްޖެ އައިސް ނަގާފައިވާ ރީތި ފޮޓޯ ތަކެއް ހިއްސާކޮށްފައެވެ. ޖެކީ ޗުއްޓީ ހޭދަކުރާ ރިސޯޓް، ރާޔާ ބާއި އެޓްމޮސްފިއާގެ މުވައްޒަފުން އޭނާއާއެކު ނަގާފައިވާ ފޮޓޯތަކެއް މީސް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.

ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އަދި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޖެކީ އާންމުންގެ ތެރޭގައި މަޝްހޫރުވީ 1983 ގެ "ހީރޯ" އިންނެވެ. އުމުރުން މިހާރު 68 އަހަރު ވެފައިވާ އެކްޓަރު ޖެކީގެ ފިލްމީ ކެރިއަރުގައި މިހާތަނަށް 250 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވެ އެވެ.

ޖެކީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޑިސެމްބަރުގައި ރިލީޒްކުރި ވަރޫން ދަވަންގެ "ބޭބީ ޖޯން" އެވެ. ޖެކީ ދެން އެންމެ އަވަހަށް ފެންނާނީ ޖޫންގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ހައުސްފުލް 5" އިންނެވެ.

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ބޮލީވުޑްގެ ފިލްމުތަކަށާއި ތަރިންނަށް ހާއްސަ ލޯތްބެއް އޮންނަކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން