ޒަމާނުއްސުރެން ދޮންދީނިއަށް ހާއްސަ އަތޮޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ އައްޑޫގައި ކާޅުގެ އުނދަގޫ އިންތިހާ ދަރަޖައަށް ގޮސްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އައްޑޫ ނޭޗާ ޕާކުންނެވެ. މިކަން ސީރިއަސް މައްސަލަ އަކަށް ދިޔަ ހިސާބަކީ ކާޅު ގިނަވެ ދޮންދީނިއަށް ގެއްލުންދޭ މިންވަރު އިތުރުވުމުންނެވެ. އެގޮތުން ނޭޗާ ޕާކުން އާންމުކުރި ވީޑިއޯ މެސެޖެއްގައި ހިމާޔަތްކޮށްފައިވާ ދޮންދީނި އަށް އޮތް ނުރައްކަލުގެ ވާހަކަތައް ހިއްސާކޮށްފައިވެ އެވެ.

އެ މެސެޖުގައި ނޭޗާ ޕާކުގެ ސީނިއާ ޕާކް ވާޑެން ނަޖުދު ބުނީ އައްޑުއަށް ހާއްސަ ދޫންޏެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ދޮންދީނީގެ އާބާދީ އަށް ނުރައްކަލަށް ހުށަހެޅިދާނެ ކަންކަން އިތުރުވަމުންދާ ކަމަށެވެ. އެގޮތުން އައްޑޫގައި ބިޔަ ގަސްތައް ކަނޑަމުން ދިއުމާ ގުޅިގެން އެފަދަ ގަސްތައް މަދުވަމުން ދިއުމުގެ އިތުރުން މިހާރު އޮތް އެންމެ ބޮޑު ބިރަކީ އައްޑޫގައި ކާޅު އިތުރުވަމުން ދިއުން ކަމަށް އޭނަ ބުންޏެވެ.

ނަޖުދު ބުނީ އައްޑޫގެ ގަސްތައް ކެނޑުމާއި އައްޑޫގެ ވެއްޓަށް ތައާރަފުވެގެން އުޅޭ ކާޅުގެ ސަބަބުން ކުރިމަތިވާ ތުރާތަކަށް އަވަސް ހައްލެއް ހޯދައި ދޭން ޖެހޭ ކަމަށެވެ.

މީގެ ކުރިން އެއްގޮތަކަށްވެސް އައްޑޫއިން ކާޅު ނުފެންނަކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިހާރު އެސޮރުމެންގެ އުނދަގޫ ވަރަށް ބޮޑަށް ޖެހެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އައްޑުއަށް ކާޅު ގެނައީވެސް ފަހުގެ ތާރީހެއްގައެވެ. އަދި މިހާރު ކާޅުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން