ސައުދީ ސަރުކާރުން ރާއްޖެއަށް މުސްހަފްތައް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްތުގެ ތެރެއިން--
ސައުދީ ސަރުކާރުން ރާއްޖެއަށް މުސްހަފްތައް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްތުގެ ތެރެއިން--
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މުސްހަފްތައް ހަވާލުކޮށްދެއްވީ ސައުދީ އެމްބަސީގެ ފަރާތުން ޝާޒެ ދަ ފެއަރޒް ފަހުދު އަލްދޯސްރީ އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެ މުސްހަފްތަކާއި ހަވާލުވެވަޑައިގަތީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން ހަދިޔާކުރެއްވީ މާލެއާއި އަތޮޅުތަކުގެ ޤުރްއާން ކުލާސްތަކާއި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ މުސްހަފްތައް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ މިއީ ސައުދީއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހާމަވެގެންދާ ކަމެއްކަމަށާއި އަދި ސަރުކާރުން ހަދިޔާކުރި މުސްހަފްތަކަކީ ކީރިތި ގުރުއާނުގެ ޢިލްމު ފުޅާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުރުއާން ކުލާސްތަކާއި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކޮށްލެވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން