މި އަހަރު ނިމެންވާއިރަށް އެސްޓީއޯ ރޭޓުގައި ކޮންމެ އަތޮޅަކުން ތެޔޮ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ މަސްވެރިންނަށް ބޭނުންވާ ކަންކަން ހައްލު ކޮށްދިނުމަށްޓަކައި އުމްރާނީ ތަރައްގީގެ ގޮތުންނާއި ވަސީލަތް ގާއިމުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އަދި ހަމައެހެންމެ މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމެއް ގާއިމުކުރުމަކީ އެ މަނިކުފާނުގެ ވައުދުފުޅެއް ކަމަަށާއި އެ މަސައްކަތް މިހާރު އެކުންފުންޏާ ހަވާލު ކޮށްގެން ބާރަށް ކުރިއަށް ގެންދާކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑު ހަމަ ވައުދުވީ ގޮތަށް ކޮންމެ އަތޮޅެއްގައި އަޅުގަނޑުމެން ކަނޑައެޅި ރަށުގައި މި އަހަރު ނިމޭއިރަށް އެސްޓީއޯގެ ފިއުލް ސްކިޑް އިރާދަކުރެއްވިއްޔާ ގާއިމުވާނެ.” ރައީސް މިއަދު ވިދާޅުވިއެވެ.
އޭގެ ނަތީޖާއަކަށް ވާނީ މަސްވެރިންނަށް ތެޔޮ ވިއްކުމުގައި ވާދަވެރި މާކެޓެއް އުފެދި، އަގުބޮޑުކޮށް ތެޔޮ ވިއްކާ ފަރާތްތަކަށް ވެސް އަގު ހެޔޮކުރަން މަޖުބޫރުވުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ރައީސް މިއަދު ވިދާޅުވީ އެކި ރަށްރަށުގައި ފަށާފައިވާ އައިސް ޕްލާންޓްތަކުގެ މަސައްކަތްތަކާއި، ކޯލްޑް ސްޓޯރޭޖާއި ޕްރޮސެސިންގ ފެސިލިޓީތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އާރް.އެސް.ޑަބްލިއު ނިޒާމުތަކަކީ މަސްވެރިކަމުގެ މުސްތަޤުބަލުގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވަނީ، އެކަމަށް ބޭނުންވާ އިތުރު ލޯނުތައް ދޫކުރެއްވުމަށް ހަމަޖެހިފައިވާކަންވެސް ހާމަކުރައްވާފައެވެ.
އޭގެއިތުރުން ރައީސް މިއަދު ވިދާޅުވީ ދޯނިތަކުގައި މިހާރު ތިބި ބޭރު މީހުންގެ ބަދަލުގައި ދިވެހިން އެނބުރި އޮޑިދޯނި ފަހަރަށް އެރުމަކީ އެމަނިކުފާނު އެދިވަޑައި ގަންނަވާ ގޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު