ހަރުދަނާ ޒަކާތުގެ ނިޒާމަކާއެކު ވަޒީފާއެއް ނެތި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދަން މަގު ފަހިވާނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުތުބާގައި ބުނީ އިސްލާމް ދީނުގައި ޒަކާތް ފަރުޟުކުރެއްވީ ހަމައެކަނި ފަގީރު މީހާގެ ހާޖަތްތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފަހު އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމުގެ މަގުސަދުގައި ނޫން ކަމަށެވެ. އޭގެ ބަދަލުގައި ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމައުން ފަގީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއްކަމަށް ހުތުބާގައި ފާހަގަކުރި އެވެ.
އަދި އިލްމުވެރިންގެ އެކި ރައުުޔުތަކަށް ރިއާޔަތްކޮށް ހުތުބާގައި ބުނީ ޒަކާތުގެ މަގުސަދަކީ އޭގެ ހައްގުވެރީންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން ކަމަށެވެ. އަދި ޒަކާތުގެ ހައްގުވެރިން ސަލާންޖަހައި ނޫޅޭނެހެން ފުދުންތެރިބަޔަކަށް ހެދުންކަން ފާހަގަކުރި އެވެ.
"ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެ ނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެއެވެ. އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވާނެއެވެ." ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ޒަކާތުގެ ޝަރުއީ މަގުސަދުތައް ހާސިލު ކުރެވޭނީ މުއްސަނދިންވެސް އެ މީހުންގެ މައްޗަށް ފަރުޟުކުރައްވާފައިވާ މުދަލު ޒަކާތް އަދާކޮށްގެން ކަމަށެވެ. އަދި އިސްލާމީ ރިވެތި އުސޫލަކީ ތިމާއަށް ތަނަވަސްކަމެއް ލިބިފައިވާނަމަ އެ ތަނަވަސްކަމުން މިންވަރެއް ހޭދަކޮށްގެން ތިމާގެ މުސްލިމް އަހާއަށް އެހީތެރިވުންކަން ހުތުބާގައި ފާހަގަކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު