މާލެ ސަރަހައްދުގެ ސިއްހީ ހިދުމަތަށް އެންމެ ބޭނުންވާ ފެންވަރުގައި ހައްލު ހޯދޭނީ ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ކުރިއެރުވިގެން ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލަށް 21 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލަށް 21 އަހަރު ވީއިރު އެ ހޮސްޕިޓަލުން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދީ، ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމުގައި ހުޅުމާލެ ހޮސްޕިޓަލަކީ މުހިންމު ހިއްސާދާރެއް ކަމަަށްވެސް މިނިސްޓަރ ވަނީ ފާހަގަ ކޮށްފައެވެ.
މިނިސްޓަރ ވިދާޅުވީ ހުޅުމާލެ އުފެދި ތަރައްގީވަމުން އައުމުގައި ހުޅުމާލެ ހޮސްޕިޓަލުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ސިއްހީ ނިޒާމު ފުޅާވެގެން އަންނައިރު ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްގީވުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެެވެ.
އަދި ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލްގެ އެމަރޖެންސީރޫމް އިތުރަށް ފުޅާކުރުމާއި ޑައިލަސިސްގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ހޮސްޕިޓަލްގެ ވޯޑަށް އެނދު އިތުރުކޮށް މެންޓަލް ހެލްތް އޯޕީޑީއާއި، އިމްޕޭޝަންޓް ހިދުމަތް ފުޅާކޮށް އައުޓް ޕޭޝަންޓުންގެ އެކި ދާއިރާގެ އޯޕީޑީ ރޫމްތައް އިތުރުކުރުމާއި އިމްޕޭޝަންޓުގެ ދާއިރާ ފުޅާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި މި މަސައްކަތްތަކުގެ ތެރޭގައި ސެންޓަރަލް މެޑިކަލް ގޭސް މެނިފޯސިސްޓަމް ގާއިމްކުރުމާއި ގައިނީ ވޯޑް ފުޅާކޮށް، ޑެލިވަރީ ސުއިޓްސް ގާއިމްކުރުންވެސް ހިމެނޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ހިންގުމަށް މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު