މަސްތުވާތަކެއްޗާއެކު މާލެއިން 2 މީހުން ހައްޔަރުކޮށް ބަންދަށް 5 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ މިމަހުގެ 17 ވަނަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ހ. ހަންޏާމީދޫގެ، އުމުރުން 20 އަހަރުގެ ޝައިހާން އިސްމާއީލް ސައުރުއާއި، ހ. ކަހަފަތި، އުމުރުން 43 އަހަރުގެ މުޙައްމަދު އަޙްމަދު ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ހަމައެއާއެކު ފުލުހުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ހެންވޭރު ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށާއި، އަދި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 749.36 ގްރާމު ހުރި ކަމަށެވެ.
އޭގެއިތުރުން އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުންބުނީ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު