އިންޑިއަން ކަލްޗަރަލް ސެންޓަރާ ގުޅިގެން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދެވޭތޯ ބަލަން މަސައްކަތް ފަށައިފި އެވެ.
ހޯމް މިނިސްޓްރީން ބުނީ އެކަމާ ގުޅޭ މަޝްވަރާތަކެއް މިއަދު ނެެޝެނަލް ޑްރަގް އޭޖެންސީއާއި އިންޑިއަން ކަލްޗަރަލް ސެންޓަރާ ދެމެދު ބާއްވާފައިވާ ކަމަށެވެ.
މިއީ އެންޑީއޭގެ ފަރުވާގެ ނިޒާމުގެ ތެރޭގައި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަސްރަތުތައް ހިމެނުމާއި ގުޅޭގޮތުން އެއްބާރުލުން ހޯދުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް މިނިސްޓްރީން ބުންޏެެވެ. އެގޮތުން ރީހެބަށް ދާ މީހުން މަސްތުން ސާފުވުމާއެކު މަސްތުވާތަކެތީ ފަރުވާގެ ނިޒާމަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ ވަށައިޖެހޭ ފަރުވާގެ ނިޒާމަށް ހެދުމަށް މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށް ވެސް ބުންޏެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް އެންޑީއޭއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ދާދި ފަހުން ވަނީ ވޮލަންޓިއާ ޕިއާ ވޯކާސްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.
އެ މަސައްކަތުގައި ބައިވެރިވެ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް އެންޑީއޭއިން ވަނީ އެދިފައެވެ.
ޖުމްލަ 30 މީހުންނަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް ހަތެއް ނިންމާފައިވުމާއި މަސްތުވާތަކެތީގެ ފަރުވާއެއް ފުރިހަމަކޮށް މަސްތުން ސާފުވެފައިވާ މީހަކަށް ވުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު