މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގެ މެމްބަރުންގެ ތެރެއިން އައިމިނަތު އަމީނާގެ ދައުރު އަންނަ ޖޫން މަހު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ވަނީ ހުޅުވާަލައިފަ އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.
އެކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ އެވެ.
އެ ފޯމް ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ބްރޯޑްކޮމްގ މިހާރުގެ ރައީސަކީ ސަފާ ޝާފީގު އެވެ. އަދި ނާއިބު ރައީސަކީ ޝިފްލާ އިބްރާހިމް އެވެ.

ކިޔުންތެރިންގެ ހިޔާލު