ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށް ބޭއްވުމާމެދު މަޝްވަރާ ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލު ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބަށް ބަދަލު ގެނައުމާމެދު ހިޔާލު ފާޅު ކުރަމުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ފައްޔާޒު ވިދާޅުވީ އިންތިޚާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެކަމަށެވެ. އަދި ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާނު ކުރެވޭއިރު، އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާއެކުކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، 'ހަރަދު ކުޑަކުރުން' ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް." ފައްޔާޒުގެ ޕޯސްޓުގައި ވެއެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް ކަމަށެވެ. އަދި މި ދެ އިންތިހާބު އެއްކޮށްލުމުން ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީވުމަށް މަޖިލީހަށް އޮތް ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް، ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށްލުމުގައި ފައިދާތަކެއް ލިބޭނެ ކަމަށް ފައްޔާޒުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ފައްޔާޒު ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި މައި ސަރުކާރުގެ ތަޞައްވުރުތައް އެއްގޮތްކުރުމުން ތަރައްގީގެ އެޖެންޑާތައް މިހާރަށްވުރެ ރަނގަޅަށް ތަންފީޒު ކުރަން ފުރުސަތު ލިބިގެންދާނެކަމަށެވެ. އެހެންކަމުން މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާ ގުޅޭ ބަހުސް އަލުން ފެށިފައިވަނީ ރައީސް ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބު އެއްބުރުން ނިންމުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ޕީއެންސީގެ މަޖިލިސް މެންބަރުންނާ ޙިއްސާ ކުރަށްވާފައިވާ ކަމަށް ރާއްޖޭގެ މީޑިއާތަކުގައި ރިޕޯޓް ކުރުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި، އާންމުން ދަނީ ސޯޝަލް މީޑިއާގައި ތަފާތު ވިސްނުންތައް ހިއްސާ ކުރަމުންނެވެ.
މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބު އެކުއެކީ ބޭއްވުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަސައްކަތް ކުރަށްވާ ކަމަށްވެސް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އިންތިޚާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ. ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާނު ކުރެވޭއިރު، އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ…
— Fayyaz Ismail (@faya_i) April 20, 2025
ރިޔާސީ އިންތިހާބާ ގުޅޭ ބަހުސް އަލުން ފެށިފައިވަނީ ރައީސް ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބު އެއްބުރުން ނިންމުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ޕީއެންސީގެ މަޖިލިސް މެންބަރުންނާ ޙިއްސާ ކުރަށްވާފައިވާ ކަމަށް ރާއްޖޭގެ މީޑިއާތަކުގައި ރިޕޯޓް ކުރުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި، އާންމުން ދަނީ ސޯޝަލް މީޑިއާގައި ތަފާތު ވިސްނުންތައް ހިއްސާ ކުރަމުންނެވެ.
މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބު އެކުއެކީ ބޭއްވުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަސައްކަތް ކުރަށްވާ ކަމަށްވެސް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު