މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.
ގައުމީ އިނާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މޭ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ރައީސް އޮފީހުން ބުނީ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް އިތުރު ދާއިރާއެއް އިތުރުކުރުމަށްފަހު ކަމަށެވެ.
އެގޮތުން އަލަށް އިތުރުކުރެވުނު ދާއިރާއަކީ ޕެޓިޝަރީ އެންޑް ބޭކިންގ ގެ ދާއިރާއެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބެލުމަށް ހަމަޖެހިފައިވާ ރޮނގުތަކުގެ ތެރޭގައި ކޭކުއެޅުމާއި، ކޭކު ޑެކަރޭޓްކުރުމުގެ ފަންނު ކުރިއެރުވުމާއި، ޕޭސްޓްރީއާއި ތަފާތު ޑެޒާޓް އުފެއްދުން ހިމެނެއެވެ.
މިއަހަރު ގައުމީ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ.
ޝަރަފްވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
ރައީސް އޮފީހުން ބުނީ، ޤައުމީ އިނާމަށް އެދޭ ފޯމާއި، ފޯމާއެކުގައި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ، ޕޯޓަލް މެދުވެރިކޮށްގެންނާއި، ލިޔުންތައް ރައީސް އޮފީހަށް ހުށަހަޅައިގެން ކަމަށެވެ.
ޕޯޓަލް މެދުވެރިކޮށް ހުށަހަޅާނަމަ ތިރީގައި މިވާ ލިންކު މެދުވެރިކޮށް ހުށަހެޅޭނެއެވެ.
https://apply.presidency.gov.mv/Identity/Account/Login?ReturnUrl=%2F
އަދި ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ހުށަހަޅާނީ، ރައީސް އޮފީހުގެ ރިސެޕްޝަނަށެވެ.

ކިޔުންތެރިންގެ ހިޔާލު