ވޯޓުލާ ނިޒާމަށް މި ސަރުކާރުން ބަދަލުގެންނަނީ ވޯޓު އޮޅުވާލަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
ރައީސަކު ކަނޑައެޅުމަށް ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ދެވަނަ ބުރަކަށް ނުދާ ގޮތަށް، އެއްބުރުން ވެރިއަކު ހޮވާން ވޯޓުލުމުގެ ނިޒާމް ބަދަލުކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިކަމާ ދެކޮޅު ހައްދަވަމުން ޝާހިދު ވިދާޅުވީ، ވޯޓުލާ ނިޒާމަށް ބަދަލުގެންނަން މިހާރު ދައްކާ ވާހަކަ ތަކަކީ ވޯޓުގުނުން އެތައް ބުރަކަށް ދަންމާލާ، ފޮށިތައް މާލެގެނެސް ވޯޓު އޮޅުވާލުމަށް ރާވާ ރޭވުމެއް ކަމަށެވެ.
”މި ސޮއްސާލަނީ ކުޑަ ކާފު ބޮޑު ކާފުގެ ޒަމާނަށް. ކިތަންމެ މޮޅު ނަމެއްކިޔަސް އިޚްލާސްތެރި ކަމުގެ ޒައްރެއްވެސްނެތް. ނިޔަތަކީ ވޯޓު ފޮއްޓަށް އަތްބޭނުން. ވޯޓު އޮޅުވާލުން. ދިވެހި ރައްޔިތުންނޭ! ބޮޑުކޮށް ނޫނެކޭ ވިދާޅުވޭ!“ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ވޯޓު ގުނަންވާނީ ވޯޓުލީ މަރުކަޒެއްގައި އެންމެންގެ ކުރިމަތީގައި ކަމަށެވެ. އަދި ރައީސަކު އިންތިޚާބު ކުރުމުގައި ވޯޓުގެ 50 އިންސައްތައަށް ވުރެ އިތުރަށް ނުވަތަ ވޯޓުލީ މީހުންގެ ސާފު އަޣްލަބިއްޔަތު ލިބެންޖެހޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމީ ވަޓްސްއަޕް ޗެނަލްގައި ރޭ އެމަނިކުފާނުވަނީ، ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމަކަށް ތާއީދު ކުރައްވާ ކަަމަށް ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު