އުމްރާއަށް ފުރި ބައެއް
އުމްރާއަށް ފުރި ބައެއް
އަގުހުރި އެތައް އިނާމެއް ލިބޭގޮތަށް، "ދަތުރުވެރިޔާ" (މުސާފިރު) އުމުރާ ގުރޫޕުން އުމްރާގެ އަޅުކަމާ ގުޅޭ ޚާއްސަ ތަމްރީން ޕްރޮގްރާމެއް އައްޑޫ ސިޓީގައި މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ،

އުމްރާއަށް މީހުން ގެންދާ މުސާފިރު ގްރޫޕްއިން "ރަސް"އަށް މައުލޫމާތު ދެމުން ބުނީ އެ ތަމްރީން ޕްރޮގްރާމް އޮންނާނީ މިރޭ 08:15ގައި އައްޑޫ ސިޓީގެ މަރަދޫގައި ހުންނަ ކަސްޓަމްސްގެ ސަދަން ރީޖަނަލް ހެޑް އޮފީހުގެ ހޯލުގައި ކަމަށެވެ.

އެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއްތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 30،000 ރުފިޔާގެ އަގުހުރި އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ އިނާމަކަށް އޮޓޯ ދޮންނަ މެޝިނެއް އަދި ތިންވަނައަށް 55 އިންޗީގެ ޓީވީއެއް ދޭން ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން އެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެ އެ އުމުރާ ގުރޫޕާއެކު އުމްރާއަށް ދިޔުމަށް މިރޭ ރަޖިސްޓްރީކޮށްފިނަމަ ފަސް ޕަަސެންޓް ޑިސްކައުންޓްވެސް ދޭން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން އުމްރާއަށް ދާން ރަޖިސްޓްރީކޮށް ފައިސާގެ ދެބައިކުޅަ އެއްބައި މިރޭ ދައްކައިފިނަމަ 10 ޕަސެންޓް އަދި އެއްކޮށް ފައިސާ ދައްކައިފިނަމަ 15 ޕަސެންޓް ޑިސްކައުންޓް މިރޭ ލިބޭނެކަމަށް ވެސް މުސާފިރު އުމްރާ ގްރޫޕުން މައުލޫމާތުދެއެވެ.

އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނަބައެއްގެ އެދުމުގެ މަތީން ތަފާތު ސަބަބުތަކާހުރެ މިރޭގެ އިންވެންޓަށް ހާޒިރުނުވެވޭ ފަރާތްތަކަށްވެސް މިރޭގެ ޕްރާމުން ލިބޭ ޑިސްކައުންޓް ލިބުމުގެ ފުރުސަތު މި އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އާއްމުންނަށް ވަނީ ހުޅުވާލާފައެވެ.

ދިވެހިންގެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މުސާފިރު އުމުރާ ގުރޫޕަކީ މިފަހަކަށް އައިސް އެންމެ ގިނަދިވެހީން އުމްރާއަށް ފޮނުވަމުންދާ އެއްޤުރޫޕެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން