ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެ.ޗް.ޑީ.ސީ) ގެ އެސްޓޭޓް އޮފިސަރެއްގެ މަގާމުގައި ކުރިންހުރި މުވައްޒަފަކު، ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ވިއްކާނެކަމަށްބުނެ، އޮޅުވާލައިގެން އަމިއްލަ ފަރާތަކުން ފަސް ލައްކަ ފަންސާސްހާސް ރުފިޔާ ނަގާފައިވާ މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، އެޗްޑީސީގެ އެސްޓޭޓް އޮފިސަރގެ މަގާމުގައި ކުރިންހުރި ކ. މާލެ، މ. ސީވިންޑް، ފުތިޙަ ޝާކިރު ގެ މައްޗަށެވެ.
އޭސީސީން ބުނީ 2022 ވަނަ އަހަރު އެޗްޑީސީގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 2,600 އަކަފޫޓުގެ ބިމެއް ވިއްކާނެކަމަށް ބުނެ، ފުތިޙަ ޝާކިރު، އެޗްޑީސީގެ ނަމުގައި ޞައްޙަނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، ޖުމްލަ ފަސްލައްކަ ފަންސާސްހާސް ރުފިޔާ އަމިއްލަ މީހެއްގެ އަތުން ހޯދާފައިވާކަން ތަޙުޤީޤުން ހޯދިފައިވާކަމަށެވެ.
އެހެންކަމުން މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދަޢުވާކަމަށް އޭސީސީން ބުނެއެވެ.
އަދި ބިން ވިއްކާނެކަމަށްބުނެ ފުތިޙަ ޝާކިރު ހޯދާފައިވާ ފަސްލައްކަ ފަންސާސްހާސް ރުފިޔާ އެ ދަޢުވާގެ ތެރެއިން ހޯދުމަށްވެސް އެދިފައިވާނޭކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު