ރޭގެ މެޗުގައި ފްރާންސްގެ އެންޓޯނިއޯ ގްރީޒްމަން (ވ).
ރޭގެ މެޗުގައި ފްރާންސްގެ އެންޓޯނިއޯ ގްރީޒްމަން (ވ).
ޔޫއެފާ ނޭޝަންސް ލީގު ގައި ފްރާންސާއި ބެލްޖިއަމް ކުޅުނު މެޗްތަކުން މޮޅުވިއިރު އިނގިރޭސިންގެ މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

ފްރާންސުން ރޭގެ މެޗު ކާމިޔާބު ކުރީ 4-2 ގެ ނަތީޖާ އަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނަގާފައިވަނީ ކްރޮއޭޝިއާ އިންނެވެ. މެޗުގެ 17 ވަނަ މިނެޓް ގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑޭޔާން ލޮވްރެންއެވެ. ނަމަވެސް މެޗުގެ 43 ވަނަ މިނެޓްގައި އެންތޮނީ މާޝިއަލްގެ އެހީތެރިކަމާއެކު ފޯވާޑް އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ލަނޑުން ނަތީޖާ ހަމަހަމަވެފައި ވަނިކޮށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކްރޮއޭޝިއާގެ ޑޮމިނިކް ލިވަކޮވިޗް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ފްރާންސުން ވަނީ ލީޑު ނަގާފައެވެ.

ދެވަނަ ހާފްގެ 10 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ޖޯސިޕް ބްރެކަލޯ ކާމިޔާބު ކޮށްދިން ގޯލާއެކު ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް އޭގެ 10 މިނެޓް ފަހުން ޑެޔޮޓް އުޕަމެކާނޯ ވަނީ ފްރާންސްއަށް އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް ލީޑު ނަގާފައެވެ. މެޗުގެ ފަހު ލަނޑު ފުރާންސުން ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއެއްގައި 77 ވަނަ މިނެޓުގައި އޮލިވިއޭ ޖިރޫޑްއެވެ.



ނޭޝަންސް ލީގުގައި ރޭ އިނގިރޭސިން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މި މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދައިފަވަނީ ޑެންމާކުންނެވެ. އެގޮތުން ކެސްޕާ ޑޮލްބާގް ފޮނުވާލި ނުރައްކާތެރި ބޯޅަ އިންގްލޭންޑުގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއު ކޮށްފައެވެ. އަދި ކްރިސްޓިއަން އެރިކްސަން އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ ކުރިޔަށް ފޮނުވާލުމުން ދިޔައީ ގޯލު ދަނޑި މަތިން ބޭރަށެވެ.

މި ގުރޫޕުގައި ދެން ކުޅެވުނު މެޗުގައި ބައްދަލުކުރީ ބެލްޖިޔަމް އާއި އައިސްލެންޑް އެވެ. އައިސްލޭންޑުން ފްރިޖޮންސަންގެ ގޯލާއެކު މެޗުގެ ލީޑު އެޓީމުން ނެގި ނަމަވެސް ބެލްޖިއަމް ހުއްޓުވުމުގައި އެޓީމަށް ވަނީ ނާކާމިޔާބު ވެފައެވެ. އެގޮތުން ބަޓްޝުއާއި ގެ ދެ ގޯލާއި ވިޓްސެލް އާއި މާޓެންސް އަދި ޑޮކޫގެ ގޯލުތަކުން ބެލްޖިއަމް ވަނީ 5-1 ކުރި ހޯދައިފަ އެވެ.

މި ގުރޫޕުގެ އެއްވަނައިގައި 6 ޕޮއިންޓާއެކު އޮތީ ބެލްޖިޔަމްއެވެ. އިންގްލޭންޑް އޮތީ 4 ޕޮއިންޓާއެކު ދެވަނައިގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން