ހޯމް މިނިސްޓްރީގެ އިސް ވެރިއަކު ވަގު ފޯމެއްގައި ސޮއިކުރިކަން އިދާރާއަކުން މިހާތަނަށް ފާހަގަކޮށްފައި ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީގެ ތެރޭގައި ވެރިކަން ކުރާ ޕީއެންސީއަށް ވަގު ފޯމުތަކެއް ފުރިކަމަށް ބުނާ މައްސަލައިގައި މިއަދު މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑީއެންއާރުގެ ޑޭޓާ ބޭސް ބޭނުންކޮށްގެން އެއްވެސް ބަޔަކު ސިޔާސީ ޕާޓީއަކަށް ވެއްދިކަމަށް ބުނާ މައްސަލައަކީ އެއްވެސް އިދާރާއަކުން ތަހުގީގުކޮށް ހާމަވެފައިވާކަމެއް ނޫން ކަމަށެވެ.
އެހެން ނަމަވެސް މި ސަރުކާރުން ބެލި ބެލުމުން 2014 ވަނަ އަހަރުން ފެށިގެން ޑީއެންއާރުން މައުލޫމާތު ލީކުވެ ސިޔާސި ކަންކަމަށް އެ މައުލޫމާތުތައް ބޭނުންކޮށްފައިވާކަން ފާހަގަވެފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދާ ހިސާބަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އަދި އަންގާފައެއް ނެތް އަޅުގަނޑުމެންގެ މިނިސްޓްރީގެ އިސް ވެރިއަކު ސޮއިކޮށްފައި އެއީ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައެއް. އެކަން އަޅުގަނޑުމެންނަށް އަންގާ ދުވަހަކީ އެއީ ކޮންމެ މުވައްޒަފަކަށް ވިޔަސް އިސްތިސްނާއެއް ނުކޮށް އެ މުވައްޒަފަކާ ދޭތެރޭ އަޅުގަނޑުމެން ފިޔަވަޅު އަޅާނެ ދުވަސް،" މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު