ފަތުރުވެރިކަމަށް މިއަހަރު 1،290 އެނދު ނެރެވޭނެ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޠާރިޤް ވިދާޅުވީ، މިވަގުތު ރާއްޖޭގައި 156 ތަނެއް ފަތުރުވެރިކަމަށް ތަރައްގީކުރަމުން އަންނަ ކަމަށެވެ.
އޭގެތެރެއިން 61 ތަނެއްގެ މަސައްކަތް މިވަގުތު މަޑުޖެހިފައިވާ ކަމަށާއި، ނަމަވެސް މިއަހަރުގެ ތެރޭގައި ޖުމްލަ 1،290 އެނދު މާކެޓަށް ނެރެވޭނެ ކަމަށް ޤަބޫލު ކުރަށްވާކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
ވަޒީރު ޠާރިޤް މިއަދު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހި ބްރޭންޑުތަކުގެ ނަމުގައި މިވަގުތު 65 ރިސޯޓު އޮޕަރޭޓު ކުރާ ކަމަށާއި ބައިނަލްއަގުވާމީ ބްރޭންޑުތަކުން އޮޕަރޭޓުކުރަނީ 110 ރިސޯޓު ކަމަށެވެ.
ހަމައެއާއެކު 816 ގެސްޓުހައުސް އާއި 156 ސަފާރީ އާއި 15 ހޮޓާ އޮޕްރޭޓް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
އެހެންކަމުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތްދޭ ފަސްދޮޅަސް ހާހަށްވުރެ ގިނަ އެނދު ހުރިކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު