ޕޭޕަލް--
ޕޭޕަލް--
ފައިސާ ފޮނުވުމާއި ލިބިގަތުމުގެ ހިދުމަތުގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ޕްލެޓް ފޯމް، ޕޭޕަލް ރާއްޖެއަށް ގެނެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ރަައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.

ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ގެންނަން މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ޒުވާނުންނަށް އަމާޒުކޮށް ގެނެސްދިން ޕޮޑްކާސްޓެއްގައި އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވައި ރައީސް ވިދާޅުވީ ފައިސާގެ ޓްރާންސެކްޝަންތައް ހެދުމުގައި ޕޭޕަލްއަކީ އެންމެ ބޮޑަށް ވޯކްކުރާ ޕްލެޓްފޯމްކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ޕޭޕަލް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަލި މަގަކަށް ދެވޭތަން މިހާރު ފެންނަން ފަށާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ވަރަށް އުއްމީދު ބޮޑު، ސޯ ލެޓްސް ކީޕް ދެޓް ހޯޕް އަޕް، އެހެންވީމާ އެކަން ހަމަޖެހެނޭކަމަށް އުއްމީދުކޮށްގެން ތިބެމާ." ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ސަރުކާރުގެ ކަމާ ބެހޭ އިސް ބޭފުޅުން ވަނީ ޕޭޕަލްގެ ޚިދުމަތް ފުރިހަމައަށް ލިބޭނެގޮތް ހެދުމަށް ޕޭޕަލްގެ އިސްވެރިންނާ މަޝްވަރާވެސް ކުރައްވާފައެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ހިދުމަތް ގެންނަން ސަރުކާރުން ޕޭޕަލްއަށް ޕްރޮޕޯސަލްވެސް ހުށަހެޅި އެވެ.

ނަމަވެސް އޭގެ ފަހުން ކަންކަން ދިޔަގޮތުގެ ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން