މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ މެދު ކަންބޮޑުވާކަމަށް އެމްޑީޕީން ބުނެފިއެވެ.
ހުކުރު ދުވަހުގެ ހެނދުނު އެ މީހާ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުމުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. އެ މައްސަލާގައި ފުލުހުން މިހާތަނަށް ހާމަކުރި މައުލޫމާތުގައި ބުނާގޮތުން، އެ އަންހެން މީހާއާއި އެކު އިތުރު ފިރިހެނެއް މަސްތުގެ ހާލަތުގައި އެރޭ އެ މީހުންނާ ގުޅުމެއްނެތް ގެއަކަށް ވަދެ އާދަޔާ ހިލާފު ގޮތްތަކަކަށް އުޅުނެވެ. އަދި ފުލުހުން ބުނާ ގޮތުގައި އެ އަންހެން މީހާ އަމިއްލައަށް އިމާރާތުގެ 9 ވަނަ ފަންގިފިލާގެ ފެންލައިޓަކުން ފުންމާލީއެވެ.
އެ ހާދިސާއާއި ގުޅުވައި ގިނަބަޔަކު ދަނީ އެކަން ހިނގާފައިވާ ގޮތާ މެދު ސުވާލު އުފައްދަމުންނެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ހާދިސާގެ ތަހުގީގުގައި ފުލުހުން އަމަލުކުރަމުންދާ ގޮތާ މެދު ކަންބޮޑުވާކަމަށެވެ. އަދި ބުނީ، ވަކި ފަރާތަކަށް ޖެހުމެއްނެތި ޒާތީ ތައައްސުބުން އެއްކިބާވެ ތިބެ ފަސްޖެހުމެއްނެތި ހަމަހަމަ ގޮތެއްގައި ގާނޫނު ނެގެހެއްޓުމަކީ ފުލުހުންގެ ވާޖިބަކަށް ވާއިރު އެ ހާދިސާއާ ގުޅޭ ބައެއް މައުލޫމާތު ހިފަހައްޓައި، ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނިޔާ ލިބުނު ޒުވާނާގެ މައުލޫމާތު ހާމަކޮށްފައިވުމަކީ އެ އިދާރާގެ ފަރާތުން ފެނުނު ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށެވެ.
އޭގެ އިތުރުން މި ހާދިސާގެ ތަހުގީގު ކުރިއަށް ދިޔައިރު މީގެ ކުރިން މިފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުތަކާއި ހިލާފަށް ފުލުހުން އަމަލުކުރާކަން ފާހަގަ ކުރެވިފައިވާކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި އެގޮތަށް ފުލުހުން އަމަލު ކުރާނަމަ އެކަން ކަމާ ގުޅޭ އިދާރާތަކުން ބަލަމުން ދިޔުމަށް ހަރުއަޑުން ގޮވާލާކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީން މިފަދަ ބަޔާނެއް ނެރެފައިވާއިރު މީސްމީޑިއާގައި ވެސް ދަނީ، އެކަމުގައި ސިޔާސީ ބައެއް ފަރާތްތަކުގެ ދަރިން ހިމެނޭތީ ބައެއްކަންކަން ފޮރުވަން ފުލުހުން މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު