ޕީއެންސީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާޙީމް ޝުޖާއު
ޕީއެންސީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާޙީމް ޝުޖާއު
މާލޭގައި އަންހެނަކު ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓުނު މައްސަލާގައި ގިނަ އަދަދެއްގެ ޒުވާނުން އެއްވެ މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާއަށް ސަރުކާރުން ހުރަސް ނާޅާނެކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާޙީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އަންހެން މީހާ ވެއްޓުނު ހާދިސާގައި ފުލުހުން ކަންތައްތަކެއް އޮޅުވާލާކަމަށް ބުނެ އިންސާފު ހޯދައިދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން މިރޭ ވަނީ މުޒާހަރާ ކޮށްފައެވެ. އެ ޒުވާނުން އިހުތިޖާޖެއް ކުރަމުން ދަނިކޮށް އެކަން ސިޔާސީކުރަން އެމްޑީޕީން މަސައްކަތްކުރިކަމުގެ ތުހުމަތު ޝުޖާ ވަނީ ކުރައްވާފައެވެ.

ޝުޖާ އެކްސްގައި މިރޭ ވިދާޅުވީ، ފުލުހުންގެ އިދާރާ ކައިރީ ޒުވާނުން ކުރި ސުލްހަވެރި މުޒާހަރާއަށް އެމްޑީޕީން ބޯ ކޮއްޕާލިކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީގެ މުޒާހަރާއެއް ނޫންކަމަށާއި އެއީ ޒުވާނުންގެ މުޒާހަރާއެއްކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މަގުމަަތިން ވެރިކަން ވައްޓާލެވިދާނެކަމަށް އެމްޑީޕީން ދެކޭ ކަމަށް ވިދާޅުވެ އެކަމަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ އެކަން އެހެން ނުވާނެކަމަށެވެ.



އޭނާ ވިދާޅުވީ، ޒުވާނުންގެ އެ މުޒާހަރާއަށް ސަރުކާަރުން ހުރަސް ނާޅާނެކަމަށާއި އެ ޒުވާނުން ކަންބޮޑުވާ މައްސަލަ ސަރުކާރުން ސާފުކޮށްދޭނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން