ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ އިޒްދިޔާން މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން، އެ މަގާމުން މިއަދު ވަކިކުރަށްވާފައިވާ ކަމަށެވެ.

އިޒްދިޔާން މިއަދު މަޤާމުން ވަކިކޮށްފައިވާއިރު އުމުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން އިޒްދިޔާންގެ މައްޗަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރިކަމަށް މީސްމީޑިއާގައި އާންމުން ދަނީ ބުނަމުންނެވެ.

މާލޭގެ ޢިމާރާތެއްގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު އަންހެން ކުއްޖާ ވެންޓިލޭޓަރުން މިހާރު ނަގާފައިވާއިރު އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ އެހެން މީހަކު އެކުއްޖާ ވައްޓާލިކަމުގެ ހެއްކެއް މިހާތަނަށް ފެނިފައި ނެތް ކަމަށެވެ.

މިމައްސަލާގައި ފުލުހުން ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ އަންހެން ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގިނަބަޔަކު މީސްމީޑިއާގައި ދަނީ ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން