އިންސްޓަގްރާމު ބެނުން ކުރަނީ، ފޮޓޯ: ސްކިލްފުލް
އިންސްޓަގްރާމު ބެނުން ކުރަނީ، ފޮޓޯ: ސްކިލްފުލް
އިންސްޓަގްރާމް ބޭނުން ކުރާ ފަރާތްތަކުން ދޮގު މައުލޫމާތު ދީ އުމުރު އޮޅުވާލަން މަސައްކަތް ކުރާނަމަ އާރޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން އެފަރާތްތަކުގެ އަސްލު އުމުރު ދެނެގަނެވޭނެ ގޮތެއް ހޯދަން މެޓާއިން ނިންމައިފިއެވެ.

މެޓާއިން ބުނީ އިންސްޓަގްރާމު ބޭނުން ކުރާ ފަރާތުން ނުބައި އުމުރެއް ޖަހައިފިނަމަ، އޭ. އައި ޓެކްނޮލޮޖީން އޮޓޮމެޓިކުން އެފަރާތުގެ ހަގީގީ އުމުރު ދެނެގަންނާނެ ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުދިން "ޓީން" އެކައުންޓްތަކަށް ބަދަލުކުރާނެ ކަމަށްވެސް މެޓާއިން ވަނީ ހާމަކޮށްފައެވެ.

މެޓާއިން ފުރާވަރު ކުދިންނަށް ހާއްސަ "ޓީން" އެކައުންޓު ތައާރަފް ކޮށްފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރުގައެވެ. މި އެކައުންޓްތަކަކީ 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްޞަ އެކައުންޓްތަކެކެވެ.

މި އުމުރުފުރާގެ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި "ޓީން" އެކައުންޓުތަކުގައި އެކިކަހަލަ ފިއްތުންތައް ހުންނާނެ ކަމަށް މެޓާއިން ވަނީ ހާމަކޮށްފައެވެ.

އޭއައި ނިޒާމު ބޭނުން ކުރުމުން އެކި ސަބަބުތަކާހުރެ ބައެއް ފަހަރު އުމުރު ދެނެގަނެވުމުގައި ގޯސްތައް ހެދޭނެ ކަމަށް މެޓާއިން ގަބޫލު ކުރާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެފަދަ ހާލަތެއްގައި ޔޫޒަރުންނަށް ސެޓިންގްސް މެދުވެރިކޮށް އެމީހުންގެ އުމުރުފުރާ ބަދަލު ކުރެވޭނެ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން