ހުކުރު ޚުތުބާއެއް އިއްވަނީ--
ހުކުރު ޚުތުބާއެއް އިއްވަނީ--
ހަރާމް ތަކެތި ދަރިންނަށް ކާންދޭނަމަ ޖަރީމާތައް ހިންގަން މަގުފަހިވާނެކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

ރިޝްވަތުގެ ނުބައިކަމުގެ މައްޗަށް އަލި އަޅުވާލައި މިއަދުގެ ހުތުބާގައި ބުނީ ބާތިލު ގޮތުގައި މުދާ ކެއުމަކީ ވެސް ރިޝްވަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ރިޝްވަތުގެ ސަބަބުން މުދަލުގެ ބަރަކާތް ކެނޑި މުދާ ހަލާކުވާ ކަމަށް ވެސް ހުތުބާގައި ފާހަގަކުރި އެވެ.

ހުތުބާގައި ފާހަގަކުރި ގޮތުގައި ރިޝްވަތުގެ ސަބަބުން ލިބެނީ ވަގުތީ އުފަލެކެވެ. އަދި ރިޝްވަތު ދޭ މީހުންނާއި ރިޝްވަތު ހިފާ މީހުންނާއި ރިޝްވަތުގެ މެދުވެރިއަކަށްވާ މީހުންނަށް ތިމާމެންނަށް ފަހުން ލިބޭނެ ގެއްލުމާއި ހަލާކު މާބޮޑުވާނެ ކަމަށް ވެސް ހުތުބާގައި ފާހަގަކުރި އެވެ.

އަދި ރިޝްވަތާއެކު ތިމާމެންގެ އަނބިދަރިން ނަރަކަޔަށް އަމިއްލަ އަތުން ވައްޓާލެވޭ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

"ހަރާމް ތަކެތި އަނބިދަރިންނަށް ކާންދިނުމަކީ ތިމާާމެންގެ ދަރިން ބަސް ނޭހުމާއި ވިޔާނުދާ އަމަލުތައް ކުރުމަށާއި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވާނެ ކަމެކެވެ. އަނބިދަރިން ދެކެ ހަގީގީ ލޯބިވާ އެއްވެސް މީހަކު އެފަދަ ކަމެއް ނުކުރާނެ އެވެ. އެއީ ތިމާ އެ ބަޔަކު ދެކެ އެންމެ ލޯބިވާ ތިމާއަށް އެންމެ ހެޔޮ އެދޭ މީހުންނެވެ." ހުތުބާގައި ބުނެފައި ވެއެވެ.

އެހެންވެ ކޮންމެ މީހެއްގެ ޒިންމާއަކަށް ވެސް ވާންވީ އަމިއްލަ ނަފްސަށާއި ބާރު ފޯރުވާ އެންމެންނާއި ބަސް އަހާ އެންމެން އެ ނުބައި ވަބާއިން ރައްކާތެރިކުރުން ކަމަށް ހުތުބާގައި ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން