ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް ޢަލީ ޒާހިރާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލާގައި އެކޮމިޝަނުން މިރޭ ވަކިގޮތެއް ނިންމުމަށް ތާވަލު ކޮށްފިއެވެ.
ޖޭއެސްސީގެ މި ތަހުގީގަކީ ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ ބަންދު އަމުރަކަށް ފަނޑިޔާރު މަހާޒް މެދުވެރިކޮށް ޑރ. އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ބަލަމުންދާ މައްސަލައެކެވެ.
ފަނޑިޔާރުންނާމެދު ވަކިގޮތެއް ނިންމުމަށް ޖޭއެސްސީން މިރޭ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވެފައިވާއިރު، މިރޭގެ ބައްދަލުވުމުގައި ވަކީލަކު ބޭނުންކޮށްގެން ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށާއި ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައި މައްސަލައަށް ގޮތެއް ނިންމުމަށް ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން ޖޭއެސްސީއަށް މިއަދު ފޮނުވި ސިޓީއެއްގައި ވަނީ އެދިވަޑައިގެންފައެވެ.
އޭގެއިތުރުން އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްސަލާގައި ހެކިބަސް ދީފައިވާ ދަށު ކޯޓުގެ ޤާޟީންގެ ބަޔާންތަކުގައި ނުހިމެނޭ ކަންކަން ރިޕޯޓުގައި ހިމަނާފައިވާތީ، ރިޕޯޓު އެކުލަވައިލި ޖޭއެސްސީގެ ކުޑަ ކޮމިޓީގައި ތިއްބެވި މެންބަރުން މިރޭގެ ބައްދަލުވުމުގައި ބައިވެރިނުވުމަށްވެސް އަޒްމިރާލްދާ އެދިވަޑައިގެންފައިވެއެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރުން ވަކިކުރަން ނިންމި ޖޭއެސްސީގެ ކުޑަ ކޮމިޓީގައި ހިމެނެނީ ސީއެސްސީގެ ރައީސް މުހައްމަދު ނާސިހާއި ރައީސްގެ މެންބަރު ޔަޒްމީދް މުހައްމަދާއި ވަކީލުންގެ ތެރެއިން ކޮމިޝަނަށް އައްޔަނު ކުރަށްވާފައިވާ ވަކީލު އަލީ އަބްދުއްލަތީފެވެ.
މި މައްސަލައިގެ އިތުރުން ހައިކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރުބަހުން އޭނާއަށް މުއާމަލާތް ކުރެއްވި ކަމަށް ބުނާ މައްސަލައިގައި އެ ޙާދިސާ ހިނގި ތަނުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އިންނެވި ކަމަށް ބުނާ މައްސަލަވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށާފައިވާއިރު ފަނޑިޔާރު މަހާޒް އާއި ފަނޑިޔާރު އަޒްމިރަލްދާ މިވަގުތު ތިއްބެވީ ސަސްޕެންޝަންގައެވެ. އަދި ފަނޑިޔާރު ސުޢޫދު މިހާރުވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު