އެންޑީއޭ
އެންޑީއޭ
ޕާޓީ ޑްރަގުގެ ތެރެއިން މަސްތުވާތަކެއްޗަށް ވަދެ އެތައް ބަޔަކަށް ސިއްހީ މައްސަލަތައް ކުރިމަތިވެފައިވާކަމަށް ނެޝެނަލް ޑްރަގު އޭޖެންސީ (އެންޑީއޭ)އިން ބުނެފި އެވެ.

އެންޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާތީ އެންޑީއޭއާއި ޖަމިއްޔާތައް ގުޅިގެން ފެބްރުއަރީ 25 އިން މިދިޔަ މަހުގެ 25ގެ ނިޔަލަށް އައުޓްރީޗު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

އަދި މިހާތަނަށް ބެލި ބެލުމުން ގިނަ ބަޔަކު ޕާޓީ ޑުރަގު އެންމެ ފުރަތަމަ ބޭނުންކުރަނީ ދޭތެރެ ދޭތެރެއިން ކަމަށާއި ނަމަވެސް އޭގެ ތެރެއިން ލައިގެން ގޮސް ގިނަ ބަޔަކު މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ކަމަށް އެންޑީއޭއިން ބުންޏެވެ.

އެއާއެކު އޭގެ ވަބާގައި ޖެހި ސިއްހީ ގޮތުންނާއި ނަފްސާނީ އަދި ޖިސްމާނީ ގޮތުންވެސް އެ ފަރާތްތަކަށް އެތަކެއް މައްސަލަތަކެއް ކުރިމަތިވަމުންދާކަން އެންޑީއޭއިން ފާހަގަކުރި އެވެ.

އެކަމުގައި ދެ ޖިންސުވެސް ހިމެނޭކަން އެންޑީއޭއިން ފާހަގަކުރި އެވެ.

އެހެންވެ އެކަމާ ގުޅިގެން އިތުުރު އައުޓް ރީޗު ޕްރޮގްރާމްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އެންޑީއޭއިން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން