ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި ވަނިކޮށް ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް، އެ މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އެކުލަވައިލުމަށް ޒަކިއްޔާގެ އާއިލާގެ ފަރާތުން އެދިއްޖެއެވެ.
ޒަކިއްޔާގެ ޢާއިލާގެ ފަރާތުން އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާމިނަތު ޝަޒިއްޔާ ރައީސް ޑރ. މުޢިއްޒަށް އިލްތިމާސްކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ފަރާތުން ބޮޑެތި އިހުމާލުތަކެއް ފެނިފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރުމުގެ ބަދަލުގައި ފުލުހުން އުޅެނީ ކަންކަން ފޮރުވަން ކަމަށް ވެސް އާއިލާއިން ތުހުމަތު ކޮށްފައިވެއެވެ.
އެހެންކަމުން، އާއިލާއިން އެދެނީ އެ މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް، ފުލުހުން ތަހުގީގު ހިންގި ގޮތުގެ އިންކުއަރީއެއް ހަދައި، ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ކޮމިޝަނެއް އުފައްދަން ކަމަށް ވެސް އާއިލާގެ ބަޔާނުގައިވެއެވެ.
“ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ އަށް އާއިލާގެ ފަރާތުންކުރާ އިލްތިމާސަކީ މި މައްސަލައިގެ ތަހުގީގުން ފުލުހުން އެކެހެރިކޮށްދެއްވައި ފުލުހުންގެ ތަހުގީގާ ގުޅޭ ހާއްސަ އިންކުއަރީއެއް ހައްދަވައިދެއްވައި، މިކަމަށް ހާއްސަ ކޮމިޝަނެއް އުފައްވައިދަވައި ދެއްވުން.” އެ ބަޔާނުގައި ބުނެފައިވެއެވެ.
ހަމައެއާއެކު ޒަކިއްޔާ މަރުވިތާ ހަތް މަސް ފާއިތުވެފައިވާއިރު، ފުލުހުންގެ ފަރާތުން މި މައްސަލާގައި އިންސާފު ގާއިމް ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ ހޮޅުދޫ ރައްޔިތުން ކަންބޮޑުވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
“ހޮޅުދޫގެ ރައްޔިތުންނާއި އާއިލާއިން މިތިބީ ފުލުހުން ބުނާހާ އެއްޗެއް ގަބޫލުކުރާ ގޮތަކަށް ނޫން. ބުއްދި ހަމަޖެހޭ ވާހަކަ ދައްކަން ވާނެ.” އާއިލާގެ ބަޔާނުގައިވެއެވެ.
އޭގެއިތުރުން މި މައްސަލާގައި ގެވެށި އަނިޔާއަށް ތުހުމަތުކުރެވޭ ކަންކަން ހުރި ނަމަވެސް ތުހުމަތު އަމާޒުވާ މީހުންނާ ސުވާލުކޮށްފައެއް ނުވާ ކަމަށާއި، ފުލުހުން ހެދިކަމަށްބުނާ ވާޗުއަލް އޮޓޮޕްސީއާމެދު ސުވާލު އުފެދޭކަންވެސް އާއިލާއިން ވަނީ ފާހަގަ ކޮށްފައެވެ.
އާއިލާއިން މިފަދަ އިލްތިމާސެއް ރައީސަށް ކޮށްފައިވާއިރު ޢުމުރުން 50 އަހަރުގެ ޒަކިއްޔާ ޒަހަމްތަކަކާއެކު މަރުވެފައި ވަނިކޮށް ފެނުނީ އޭނާ ދިރިއުޅޭ ގެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށްބުނެ ހޮޅުދޫގެ ރައްޔިތުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު