މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 800،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އެގޮތުން މިއަދު އެ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 26 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 806،110 ފަތުރުވެރިން ވަނީ އައިސްފައެވެ.
މި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 749،225 ފަތުރުވެރިންނެވެ. މިދިޔަ އަހަރާ އަޅާކިޔާއިރު، މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 7.6 އިންސައްތަ އިތުރުވެފައެވެ.
މި މަހު ރާއްޖެއަށް 173،692 ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ އަހަރު މި މުއްދަތުގައި އައިސްފައި ވަނީ 145،221 ފަތުރުވެރިންނެވެ. އެހެންކަމުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އުޅެނީ 19.6 އިންސައްތަ ކުރީގައެވެ.
މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަރް ކޮށްފައިވަނީ ޗައިނާ، އިނގިރޭސިވިލާތް، އަދި ރަޝިޔާއިންނެވެ. އެގޮތުން ޗައިނާއިން 87،731 ފަތުރުވެރިން އައިސްފައިވާއިރު، އިނގިރޭސިވިލާތުން 85،690 ފަތުރުވެރިން އަދި ރަޝިޔާއިން 82،833 ފަތުރުވެރިން އައިސްފައި ވެއެވެ.
ރާއްޖޭގެ ޖުމްލަ 175 ރިސޯޓެއް ފަތުރުވެރިންނަށް ހުޅުވާލާފައިވާއިރު، 822 ގެސްޓުހައުސް މިހާރުވެސް ހިންގަމުން އެބަދެއެވެ. އަދި ފަތުރުވެރިކަމުގެ ހިދުމަތްދޭ 157 ސަފާރީ އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު